ހުޅުމާލޭގައި ހުންނަ އެންސިސް ފެކްޓްރީގައި ރޯވެ އެތަނަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ އެވެ.
ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ހުންނަ އެންސިސް ފެކްޓްރީގެ ގުދަނުގައި ރޯވި އިރު އެތަނުގައި އެއްވެސް މީހަކު ނެތެވެ.
އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދިވެސް އަލިފާން ކޮންޓްރޯލެއް ނުކުރެވެ އެވެ.
އަލިފާންގަނޑު ބޮޑުވެ މުޅި ސަރަހައްދަށް ވަނީ ދުންގަނޑު ފެތުރިފަ އެވެ.
އަލިފާން ރޯވެފައިވާ ސަރަހައްދަށް ނުދިޔުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން އެ ސަރަހައްދުގެ ފްލެޓުތަކާއި ގެތަކުގައި ދިރިއުޅޭ މީހުން ކުޑަދޮރު ލެއްޕުމަށާއި ބޭރަށް ނުނިކުތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ފާޑުކިޔާ މީހުންނަށް ކަންގަނާގެ "ފިލްމީ" ރައްދެއް!
