ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރު ކަމަށް ހަމާސުން ބުނެފި އެވެ.
އެމެރިކާ މެދުވެރިއެއްގެ ގޮތުގައި ބައިވެރިވެގެން އެގައުމުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އިޒްރޭލުން މިހާރު އެއްބަސްވެފައިވާއިރު، ހަމާސުން ބުނީ މި އެއްބަސްވުމަށް އެމީހުންގެ ފަރާތުންވެސް އެދެވޭ ރައްދެއް ދީފައިވާނެ ކަމަށެވެ.
ގާތްގަނޑަކަށް 21 މަސްދުވަސް ވެފައިވާ މި ގަތުލުއާއްމު 60 ދުވަހަށް މެދުކަނޑާލަން މި އެއްބަސްވުމުގައި ހިމަނާފައިވާއިރު، އެއްބަސްވުމާ ގުޅޭ ގޮތުން ހަމާސްގެ ރަސްމީ ވެބްސައިޓުގައި އެ ޖަމާއަތުން ބުނީ މި ކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށާއި، އެއްބަސްވުމުގެ މެދުވެރިން ލައްވާ ހަމާސްގެ ޖަވާބު ދީފައިވާނެ ކަމަށެވެ.
ހަމައެއާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ އާ މަރުހަލާއެއް ފެށުމަށް ތައްޔާރު ކަމަށް ހަމާސުން ވަނީ ބުނެފަ އެވެ.
ހަމާސުން މިފަދައިން ބުނިއިރު، އިޒްރޭލުގެ ފަރާތުން އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
މަސައްކަތް ކުރާނީ ސޯލިހާ ގުޅިގެން: ނަޝީދު
މިއީ ސަރުކާރު ބަލިކުރަން މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު