ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ވަރަށް ބޮޑަށް އަދައިފި އެވެ.
އެމްއެންޑީއެފް ފަޔާ ސާވިސް އިން ބުނީ އަލިފާން ރޯވީ ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
ހެނދުނު 7:41 ހާއިރު އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލޭ ފަޔާ ސްޓޭޝަނުން އެ ތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯގައިވާ ގޮތުން އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ރޯވެފައިވާއިރު، އެ ކޮޓަރީގައި ހުރި ބަންކް ބެނޑުގައި ރޯވެ އަދާފައިވާއިރު، ދޮރު ފޮތިގަނޑު ވެސް ވަނީ އަދާފަ އެވެ.
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ