ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާންކުރައްވައިފި އެވެ.
ރައީސް ސޯލިހުގެ ފަރާތުން މިކަން އިއުލާން ކުރެއްވީ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އޭނާ މިކަން ހާމަކުރެއްވީ މާލޭގައި ރައީސް ސޯލިހުގެ ސަޕޯޓަރުންނާއެކު ބޭއްވި ކެއުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހުގެ ނިންމެވުމަށް ތާއީދުކޮށް އެމަނިކުފާނުގެ ފަހަތުގައި ތިއްބަވާނެކަން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ހާމަކުރައްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެން ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.
އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
މިސްކިތް އަޅަން ފެނަކައާ ހަވާލުކުރި ސަބަބު ކިޔައެއް ނުދެވުނު
