ނިއުޔޯކްގެ 21 އަހަރުގެ ޒުވާނަކަށް ޖީން ތެރަޕީގެ ޒަރިއްޔާއިން ސިކްލް ސެލް އެނީމިއާގެ ފަރުވާ ލިބިއްޖެ އެވެ.
މި ބައްޔަކީ ވާރުތަވެގެން އަންނަ ބައްޔެއް ކަމަށާއި، މައިގަނޑު ގޮތެއްގައި ކަޅު އަދި ހިސްޕެނިކް މީހުންގެ މެދުގައި ގިނައިން ފެންނަ ބައްޔެއް ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.
ލައިފްޖީނިއާ ކިޔާ މި ތެރަޕީގައި ބޭނުންކުރަނީ ބަލިމީހާގެ އަމިއްލަ ބޯންމެރޯ އެވެ. މިގޮތުން އައިވީ ޓްރާންސްފިއުޝަންގެ ޒަރީއާއިން ރަނގަޅު ލޭ ސެލްތައް އުފެއްދުމަށް މަސައްކަތް ކުރެވެ އެވެ.
ކޯހެން ޗިލްޑްރަންސް މެޑިކަލް ސެންޓަރުގެ ޑރ. ޗާލްސް ޝްލީން މިކަން ސިފަކުރައްވާފައިވާ ގޮތުން، މިއީ 'މުސްތަގުބަލުގެ ފަރުވާ' ހަގީގަތަކަށް ވުމެވެ.
ލައިފްޖީނިއާއަކީ 2023 ވަނަ އަހަރު އެފްޑީއޭ އިން ހުއްދަ ދީފައިވާ ފަރުވާއެކެވެ. ނަމަވެސް މި ފަރުވާއަކީ އަގު ބޮޑު ފަރުވާއެކެވެ. އެއް ފަހަރު ފަރުވާ ކުރުމަށް އެކަނިވެސް 3.1 މިލިއަން ޑޮލަރު ހަރަދުވާތީ، ގިނަ ބަޔަކަށް މި ފަރުވާ ލިބުން ދަތިވެދާނެ ކަމަށް ސީބީއެސް ނިއުސް އިން ރިޕޯޓު ކޮށްފައިވެ އެވެ.