މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 1:30 ޖެހުމާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އޭގެ އިތުރުން، އެ ސަރަހައްދުތަކަށް ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ކަލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވުމުގެ އިތުރުން ވިއްސާރަކުރާނެކަމަށް ލަފާކޮށްފަ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.