ދިވެހި ގައުމީ ފުޓު ބޯޅަ ޓީމު ވިދިވިދިގެން ފަސް މެޗުން ބަލިވުމުން އެ ޓީމުގެ ކޯޗު އަލީ ސުޒެއިން އިސްތިއުފާދީފި އެވެ.
ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދެއްކެވި ސުޒެއިން ވިދާޅުވީ މި މެޗުގެ ނަތީޖާއަކީ ވަރަށް ދެރަ ނަތީޖާއެއް ކަމަށާއި، ދިވެހި ފުޓްބޯޅަ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
ސުޒެއިން އިތުރަށް ވިދާޅުވީ ގައުމީ ޓީމާއެކު މަސައްކަތްކުރުމަކީ ބޮޑު ޝަރަފެއް ކަމަށާއި، ކޯޗުކަމުގައި ހުންނެވި މުއްދަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ސުޒެއިން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެވަޑައިގަތީ ގާތްގަނޑަކަށް ދެ އަހަރު ކުރިންނެވެ.
އޭގެ ކުރިން މި މަޤާމުގައި ހުންނެވީ ފްރެންޗެސްކޯ މޮރިއޭރޯ އެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ އަންނަ ހަފްތާގައި ކައިވެނި ކުރަނީ
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
