ޗަގަސް ބައްޔަށް ފަރުވާ ހޯދުމަށް ސައިންސްވެރިން ދިރާސާކުރަން ފަށައިފި އެވެ.
ޔުނިވާސިޓީ އޮފް ސިންސިނާޓީގެ ސައިންޓިސްޓުން ވަނީ އެ ބަލި ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޕެރަސައިޓްގެ ދިރިއުޅުމުގެ ބުރު ދިރާސާކުރަން ފަށާފަ އެވެ. މި ދިރާސާގެ ނަތީޖާ، މްބިއޯ ޖާނަލްގައި ޝާއިޢުކޮށްފައިވެ އެވެ.
އެގޮތުން، ޗަގަސް ބަލި ފެތުރެނީ ކިސިން ބަގް ކިޔާ މަދިރިއެއްގެ ޒަރީއާއިންކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. އޭގެ އިތުރުން، މި ބަލި ޖެހޭކަން ގިނަ މީހުންނަށް އެނގެނީ އަހަރުތަކެއް ފަހުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުންކަމަށް ހޯދުންތަކުން ހާމަވެފައިވެ އެވެ.
ޔުނިވާސިޓީ އޮފް ސިންސިނާޓީގެ އެސިސްޓެންޓް ޕްރޮފެސާ ނޮއެލިއާ ލޭންޑާ ވިދާޅުވީ، ޗަގަސް ބަލި އާންމު ސިއްހީ މައްސަލައަކަށް ވެފައިވަނީ ގިނަ މީހުންނަށް ބަލި ޖެހިފައިވާކަން ނޭނގޭތީ ކަމަށެވެ. އޭނާގެ މޮލެކިއުލާ ޕެރަސިޓޮލޮޖީ ލެބޯޓްރީގައި، ޕެރަސައިޓްގެ ދިރިއުޅުމުގެ ބުރުގެ ބަދަލުތައް ދިރާސާކޮށް، އޭގެ ދަށިކަން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ދިރާސާގައި ޕެރަސައިޓްގެ ޖީންތައް ބަދަލުކޮށްގެން، އޭގެ ދިރިއުޅުމުގެ ބުރަށް މުހިންމު ޕްރޮޓީނެއްގެ މަސައްކަތް ދެނެގަތުމަށް މަސައްކަތްކޮށްފައިވާ ކަމަށް ދިރާސާގެ އެހެން ބައިވެރިއެއް ކަމަށްވާ އެސިސްޓެންޓް ޕްރޮފެސާ މިގުއެލް ޗިއުރިލޯ ވިދާޅުވި އެވެ.
މި ދިރާސާއިން ޗަގަސް ބައްޔަށް ފަރުވާއެއް ހޯދުމަށް އުއްމީދީ ނަތީޖާތަކެއް ލިބިފައިވާކަމަށާާއި، އިތުރަށްވެސް ދިރާސާކުރަމުން ގެންދާކަމަށް ސައިންޓިސްޓުން ބުނެ އެވެ.