މީހުންނާ ވާހަކަ ދެއްކުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ކުރުވާ ކަމެއް. ނަމަވެސް ނުދަންނަ މީހުންނާ ވާހަކަ ދައްކާ ހެދުމަކީ މިއަދު މީހުން ކުރަން ބޭނުން ނުވާ ކަމެއް. އަމިއްލަ ބޭނުމެއް ނެތިއްޔާ މީހުންނާ ގުޅުން ބާއްވަން ގިނަ މީހުން ބޭނުމެއް ނުވޭ. ދޭދޭ ގުޅުމަކީ ގަނެ ވިއްކާ އެއްޗެއް ފަދަ. މީހުންނާ އެކަހެރިވުމަށް އެންމެ ބޮޑަށް ބޭނުންކުރެވޭ އެއްޗަކީ ގުޅުން ބަދަހިކުރުމަށް ތައްޔާރު ކުރެވިފައިވާ ފޯނު. މީހުންނާ ވާހަކަ ނުދައްކާނަމަ އޭގެ ސަބަބުން އިޖްތިމާއީ ގުޅުމަށް ހީނަރުކަން އާދޭ. ނަފްސާނީ ބަލިމަޑުކަމަކަށް ދެފަރާތް ވެސް ވައްޓާލާ.

ބޭރުތެރޭގައި އުޅޭއިރު މީހުން ދިމާވާ މީހުންނާ ވާހަކަ ދައްކާލާ ރަޙުމަތްތެރި ވަނީ ކިހާވަރަކައްތޯ ބަލާލައިފި ނަމަ ބުނެވޭނީ ގިނަ މީހުންނަކީ ނުދަންނަ މީހުންނާ ވާހާކަ ދައްކަން ޖެހިލުންވާ މީހުން ކަމެވެ. ބަސް ނުވަތަ ފެރީތަކުގައި ދަތުރު ކުރާއިރު ނުވަތަ މީހުން އެއްވެ އުޅޭ މާހައުލުތަކުގައި ވެސް ނުދަންނަ ދެ މީހަކު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކުރުމަކީ މުހިންމު ކަމަކަށް ގިނަ މީހުން ނުދެކެ އެވެ. ގިނަ މީހުންގެ އާދައަކީ ފޯނަށް ގެއްލިފައި ތިބުމެވެ.

ހަމައެކަނި އަމިއްލައަށް ފޫހިފިލުވައިލުމަށް ކުރެވޭ މިފަދަ ކަންކަމުގެ ސަބަބުން އިޖްތިމާއި ގުޅުމަށް ނޭދެވޭ އަސަރުކުރެ އެވެ. އިސްސާނުންގެ ސިއްހީ ދުޅަހެޔޮކަން ބިނާވެފައި ވަނީ އިޖްތިމާއީ ގުޅުން ބަދަހިވެފައިވާ މިންވަރެއްގެ މައްޗަށެވެ. އެއީ އިންސާނުން ހައްދަވާފައި ވަނީ މީހުންނާ ގުޅިލާމެހިގެން ދިރިއުޅުން ބައްޓަންކުރަން ކަމަށްވާތީ އެވެ. އޭގެ މިސާލަކީ އެކަކު ގިނަ މީހުންނާ ގުޅުން ބާއްވަން ހިތްއެދޭތީ އެވެ. ނުދަންނަ މީހުންނާ ވެސް ވާހަކަދައްކައި އުޅުމުން މޫޑަށް ހެޔޮބަދަލު އަންނާތީ އެވެ.

އަޅާނުލުން: އިޖްތިމާއީ ގުޅުމަށް ނޭދެވޭ އަސަރުކުރޭ

ޒަމާނީ މުއާސަލާތީ ވަސީލަތްތަކަކީ ކުރިއަށް ވުރެ ވެސް ބޮޑަށް ދޭދޭ ގުޅުން ބަދަހިވެވޭ ގޮތަށް އުފައްދައިފައިވާ އެއްޗެއްސެވެ.

އެހެން ނަމަވެސް އެފަދަ ވަސީލަތްތައް ބޭނުންކުރަމުންދާ ގިނަ މީހުންނަކީ އެކަނިވެރިކަމުގެ އިހްސާސް ކުރެވޭ މީހުންނެވެ. މީހުންނާ ގުޅުން ކުޑަ މީހުންނެވެ. މީހުންނަށް އިތުބާރުކުރުން މަދު މީހުންނެވެ. މިއީ އިޖްތިމާއީ ބަލިމަޑު ކަމެކެވެ. ދޭދޭ ގުޅުންތައް ކެނޑުމުގެ ސަބަބުން އިންސާނުންގެ މުޅި ވިސްނުމާ މިސްރާބު އެނބުރިފައި ވަނީ އެހެން މީހުންގެ ސަމާލުކަން ހޯދުމަށެވެ. ތިމާ ކުރާ ކަންކަން ސޯޝަލް މީޑިއާގައި ދައްކާލުމަށެވެ.

ސަމާލުކަން ދެވެނީ މުހިންމު ކަމުގައި ދެކޭ ކަންކަމަށް އެކަނި

އިންޓަނެޓަކީ މައުލޫމާތުގެ ޚަޒާނާއެކެވެ. އިންސާނުންނަށް މާގިނަ މައުލޫމާތު އެއްފަހަރާ ލިބިގެން ދިއުމާއެކު ސިކުނޑިއަށް ކުޅަދާނަ މިންވަރަކަށް އެ ނަގާ ދުނިޔޭގައި ކާމިޔާބުކަމާއި އެކީ އުޅެވޭނެ މިންވަރަށް އެ ބޭނުންވާ ސީދާ އެތި ސިކުޑިއަށް ނަގަ އެވެ. އާންމުކޮށް މުހިންމުކަން ދެވެނީ އެ މީހަކާ ބެހޭ ކަންކަމުގަ އެވެ. އަދި ބޭނުންނުވާ މައުލޫމާތާއި ކަންކަމަށް ދޭ ސަމާލުކަން ހުއްޓާލަ އެވެ. އެހެން މީހުންނަށްދޭ ސަމާލުކަން ބިނާވެފައި އޮންނަނީ ތިމާ އާއި އެ މީހަކާ ގުޅުމެއް ވާނަމަ އެވެ. ދިރިއުޅުމުގައި މުހިންމު މީހަކަށް ވާ ނަމަ އެވެ. މުޖުތަމައުއިން ފެންނަ އެންމެ ހިތްދަތި އެއްމަންޒަރަކީ ގަނެ ވިއްކާ އެއްޗެއް ފަދައިން މީހުންނާ މުއާމލާތު ކުރެވޭ ތަނެވެ. މިސާލަކަށް ބުނާނަމަ އެހެން މީހުންނާ ގުޅުމެއް ބާއްވަނީ ބޭނުން ފުދެންދެނެވެ. ނުވަތަ ބޭނުންވާ ސުވާލަށް ޖަވާބު ލިބެންދެނެވެ.

އެހެން މީހުން ތިބާ ކަންތައް ކުރިގޮތް ދެކެނީ ކިހިނެތް؟

އަމިއްލަ ބޭނުންތަކަށް އިސްނެގުމުގެ ސަބަބުން މީހުންނާ ބައްދަލުވާ ތަންތަނުގައި އެހެން މީހުންނަށް ޝައުގުވެރިކަން ދެލޭއެއް ކުޑަވެ އެވެ. މީގެ އެންމެ ރަނގަޅު މިސާލަކީ ގިނަ މީހުން ތިބި މާހައުލަކަށް ތިމާއަށް ދެވޭ ހިނދު އެ ތަނުގައިވާ އެންމެން ތިބީ ކަންފަތަށް އިއާފޯނު ޖަހައިގެން ފޯނާ ކުޅެން ނަމަ އެއިން އެކަކެއްގެ ފަރާތުން ވެސް ތިމާއަކަށް އަޅާލުމެއް ނުލިބޭތީ އެވެ. އެ ވަގުތު ކުރެވޭނެ އިހުސާސަކީ ތިމާއަކީ އެއްވެސް ބޭނުންމެއް ނެތް މީހެއްކަމެވެ.

އިންސާނުންނަކީ ގުދުރަތީގޮތުން މީހުންނާ އެކުވެ އުޅުމަށް ބޭނުންވާނެ ބައެކެވެ. އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ ބައެކެވެ. ނުދަންނަ މީހެއް ނަމަވެސް ހަތަރުކަޅި ހަމަކޮށްލައި ހީލައި ހަދާ ނަމަ އެ މީހުންނަކީ ވެސް މުހިންމު ބައެއް ކަމަށް އަންގައި ދެވުނީ އެވެ.

ނަފްސުގެ ދީލަތިކަން

މީހުން އެއްވެއުޅޭ މާހައުލުތަކުގައި ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި ފާހަގަ ކޮށްލާނަމެވެ. މިކަންކަމަށް ނަފްސާނީ އިލްމްވެރިން ދީފައިވާ ނަމަކީ ނަފްސުގެ ދީލަތިކަމެވެ.

މީހުން ގިނަ މާހައުލެއްގައި އިންނަ ނަމަ ފޯނު ނިވާލުން ނުވަތަ އަޑުކަނޑުވާލައިފި ނަމަ، ތިމާގެ ހަރާކާތްތަކަށް ބޮޑު ބަދަލެއް އަންނަކަން ފާހަގަކުރެވޭނެ އެވެ. ވަށައިގެންވާ މީހުންނާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރެވޭތަން އަންނާނެ އެވެ. އަދި އެހެން މީހުންނާ ދިމާލަށް ބެލުން އިތުރުވެ ވާހަކަ ދައްކަން ބޭނުންވާނެ އެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި، ހަތަރުކަޅި ހަމަކޮށްލައި މީހުންނާ ވާހަކަ ދެއްކުމުން ދައްކައިދެނީ އަދަބުވެރިކަމެވެ. އޭގެ އިތުރުން އެއީ މުޖަތަމައުގައި އުޅޭ ޒިންމާދާރު ފަރުދެއްކަން އަންގައިދޭ ވެސް ކަމެކެވެ.

މީހުނާ ގުޅުން ކުޑަވުން: އެކަނިވެރި ކުރުވާކަމެއް

ނުދަންނަ މީހަކާ ދިމާލަށް ހީލައި ސަލާންކޮށްލުމުން ދައްކައިދެނީ އެހެން މީހުންނާ ބައްދަލުވެ އުޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމެވެ. އޭގެ ސަބަބުން އަނެއް މީހާއަށް އޭނާއަކީ ވެސް މުހިންމު އަދި އެ މުޖުތަމައަށް ބޭނުންތެރި މީހެއް ކަމުގެ އިހުސާސް ކުރުވަ އެވެ.

މީހުންނާ ވާހަކަ ދައްކަން ފެށުމަކީ އަމިއްލަ މީހާގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލަން މަޖުބޫރުވާނެ ކަމެކެވެ.

ނަފްސު ދީލަތިކުރުމުން އެހެން މީހުންނާ އޮންނަ ގުޅުން ރަނގަޅުވެ އެވެ. އަދި އާ ފުރުސަތުތަކަކަށް ދޮރުހުޅުވިގެންދެ އެވެ. އާ މަގުތަކެއް ކޮށެ އެވެ.