މާލެ އާއި ވިލިމާލޭގައި މިއަދު ވެހިކަލް ދުއްވުން މަނާ ކަމަށް ކަނޑައެޅި ވަގުތުގެ ތެރޭގައި ފުލުހުން 141 ވެހިކަލް ހުއްޓުވައި 11 މީހަކު ޖޫރިމަނާކޮށްފި އެވެ.

މިއަދު ހަވީރު 4 އިން 6 އަށް މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކޮށް މަނާކުރީ މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގަ އެވެ.

ފުލުހުން ބުނީ ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް އެކަން ނުކުރަން ނަސޭހަތްދީފައިވާ ކަމަށެވެ. އަދި 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ވަގުތުތަކުގައި ދުއްވި ވެހިކަލެއް ވަނީ ޓޯ ވެސް ކޮށްފަ އެވެ. އެއީ، ނުރައްކާތެރިކޮށް ދުއްވައިގެންނާއި ލައިސެންސުގެ މުއްދަތު ހަމަވެފައި އޮއްވައި ދުއްވައިގެންނާއި ލައިސަންސް ނެތި ދުއްވައިގެން ކަމަށް ފުލުހުން ބުންޏެވެ.