ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި މި އޮފާތަކާއެކު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ އެންމެހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ އެވެ.

މި އޮފާތައް ލިބޭ ޕެކޭޖްތަކަކީ:

  • ސަޅި މަންތްލީ x2: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ އަދި އިތުރު 30ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • ސަޅި މަންތްލީ x3: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 6ޖީބީ އަދި އިތުރު 45ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • މަންތްލީ 450: މި ޕެކޭޖުން ކަސްޓަމަރުންނަށް 30ޖީބީ އަދި އިތުރު 7ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • މަންތްލީ 500: މި ޕެކޭޖުން ކަސްޓަމަރުންނަށް 35ޖީބީ އަދި އިތުރު 8ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • މަންތްލީ 600: މި ޕެކޭޖުން ކަސްޓަމަރުންނަށް 50ޖީބީ އަދި އިތުރު 12ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • 100ޖީބީ 30 ދުވަހަށް: މި އެޑް-އޮން އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް 100ޖީބީ އަދި އިތުރު 25ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ

އެ ކުންފުނިން ބުނިގޮތުގައި މި ހުރިހާ އޮފާތަކެއް ވެސް ޖޫން 10 ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓްކުރެވޭނެ އެވެ. އަދި، އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކުރެވޭނެ ކަމަށް އެ ދިރާގުން ބުނެ އެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.