ހައްޖުގެ އަޅުކަމުގައި ސައުދީ އަރަބިއްޔާގައި ތިބޭ މުއްދަތަށް މި އަހަރު އެންމެ 15 ދުވަސް ލިބިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފި އެވެ.
ޝަހީމް މިރޭ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ސާފުކުރިއިރު 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް އެ ކުންފުނިން ޔަގީންކޮށްދޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއް ފްލައިޓްގައި އައި މީހުން 18 ދުވަސް ތިބޭނެ ކަމަށާއި އަނެއް 3 ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބި ނަމަވެސް، މި ފަހުގެ އަހަރުތަކުގައި އާއްމުކޮށް ތިބެފައިވަނީ 22 ދުވަހާއި 25 ދުވަހު ދެމެދު ކަމަށެވެ. ސަބަބަކީ ހައްޖު ނިންމާފައި މަދީނާއަށް ގޮސްފައި އަދި މައްކާއަށް އެނބުރިދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަހަރު ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްގަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިއާޔަތްކުރުމުގެ ގޮތުން،" ޝަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ ކަންބޮޑުވުން އޮންނަ ކަމެއްނަމަ މަޝްވަރާކޮށްގެން އެކަމަށް ހެއްލެއް ގެންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
ބުނަން. މަކަރުވެރި ޔަހޫދީ ވިސްނުން ހުރި މިނިސްޓަރެއް.
ރިޕްލައި