1999 ވަނަ އަހަރު ރިލީޒު ކުރެވުނު ސޫރަޖް ބަރްޖާތިޔާގެ ފިލްމު "ހަމް ސާތު ސާތުހޭ"އަކީ ގިނަ ބައެއްގެ ތަރުހީބު ލިބުނު ފިލްމެކެވެ.
ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކީ އެ ފިލްމުގެ މުހިއްމު ރޯލެއް ކާމިޔާބު ތަރި މަދޫރީ ޑިކްސިޓްއަށް އެރުވުނު ކަމެވެ. އެހެން ނަމަވެސް މަދޫރީ އެ ފުރުސަތު ދޫކޮށްލީ ސަލްމާން ޚާންގެ ސަބަބުންނެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މަދޫރީ ބުނީ އޭނާއަށް ހުށައެޅުނީ ތާބޫ ކުޅުނު ރޯލު ކަމަށާއި އެއީ ފިލްމުގައި ސަލްމާންގެ ފަހަރި ކަމަށެވެ.
1994 ވަނަ އަހަރު ނުކުތް "ހަމް އާޕްކޭ ހޭ ކޯން"ގައި ދެ ލޯބިވެރިންގެ ގޮތުގައި ސަލްމާންއާއި މަދޫރީ ފެނުމަށްފަހު ސަލްމާންގެ ފަހަރިއެއްގެ ރޯލުން އޭނާ ފެނުމަކީ ބެލުންތެރިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މަދޫރީ ބުންޏެވެ.
އޭގެ ބަދަލުގައި ފިލްމުގައި ސަލްމާން ޚާންގެ ލޯބިވެރިޔާގެ ރޯލު ކުޅެން މަދޫރީ ތައްޔާރަށް ހުރި ކަމަށާއި އެހެން ނަމަވެސް އެކަން ޑައިރެކްޓަރަށް ކަމުނުދިޔައީ ކަމަށް ވެސް މަދޫރީ ބުންޏެވެ. އެ ރޯލުން ފެނިގެންދިޔައީ ސޮނާލީ ބެންޑްރޭ އެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
"ބާބީ" ސީކުއަލްގެ މަސައްކަތް ހުއްޓުމަކަށް އައިސްފި
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!