އެމެރިކާ (28 މޭ) - ބިލިއަނަރު އެލޮން މަސްކުގެ ސްޕޭސް އެކްސް ސްޓާޝިޕް ގެ ޓެސްޓް ފްލައިޓެއް ފެއިލްވެ އިންޑިއާ ކަނޑަށް ވެއްޓިއްޖެ އެވެ.
މާސް ގައި އިންސާނުން ވަޒަންވެރިކުރުވުމުގެ މަގްސަދުގައި އުފެއްދި މި ފްލައިޓް ދެކުނު ޓެކްސަސް އިން އުދުއްސާލާފައިވަނީ ޓެކްސަސް ގަޑިން އިރުއޮއްސި 6:36 ގަ އެވެ.
އޭތި އުދުއްސައިގަތްތާ އިރުކޮޅެއް ފަހުން މައްސަލަ ޖެހެން ފެށި އެވެ. އެގޮތުން އޭގެ ބައެއް ބައިތައް ގޮވައި ސިސްޓަމް ފެއިލްވެ ގަލްފް އޮފް މެކްސިކޯ އަށް ކާމިޔާބު ކަމާ އެކު ތިރި ކުރުމަށް ފެއިލްވި އެވެ.
ކުރިން ޓެސްޓް ކުރި ދެ ބުރަށް ވުރެ ދުރަށް މިފަހަރު މި ޓެސްޓް ފްލައިޓް ދަތުރުކުރި ނަމަވެސް އޭގެ ކޮންޓްރޯލް ގެއްލި ޖައްވުގެ ތެރޭގައި އޭތި އެނބުރެން ފެށި އެވެ.
އޭގެ ފަހުން އޭތި ހަލާކުވެ އިންޑިއާ ކަނޑައަށް ވެއްޓުނު ނަމަވެސް ވެއްޓުނީ ކޮން ސަރަހައްދަށްކަމެއް ހާމަކޮށްފަ އެއް ނުވެ އެވެ.
ތަހުގީގަކާއި ގުޅިގެން ގާތްގަނޑަކަށް 2 މަސްވަންދެން ސްޕޭސް އެކްސްގެ ލައިސަންސް ހިފެއްޓުމަށްފަހު ފެޑެރަލް ރެގިއުލޭޓާސް އިން އެ ކުންފުންޏަށް ލައިސަންސް ދީފައިވަނީ މީގެ 4 ދުވަސް ކުރިންނެވެ.
މީގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހާއި މާޗު މަހުވެސް ހަމަ މީގެ ޓެސްޓް ފްލައިޓްތަކެއް އުދުއްސާލިއިރު، މިތަކެތި ވެސް އިރުކޮޅެއްފަހއުން ގޮވައި، އޭގެ ބައިތައް ކެރިބިއަން ސަރަހައްދަށް ވެރެން ފެށުމާއި ގުޅިގެން އެ ސަރަހައްދުން ދަތުރުކުރި ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫ އަރާ އިންޒާރުވެސް ވަނީ ދީފަ އެވެ.