ފްލައިޓެއްގައި ސިނގިރޭޓެއް ރޯކުރުމުން ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްއަށް ކަމާ ބެހޭ ފަރާތްތަކުން އިންޒާރު ދީފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބްރިޓްނީ މި އަމަލު ހިންގާފައިވަނީ އޭނާގެ ސެކިއުރިޓީ ޓީމާއެކު މެކްސިކޯއިން ލޮސް އެންޖެލަސްއަށް ދަތުރުކުރި ޕްރައިވެޓް ޖެޓެއްގަ އެވެ.
އެ ޖެޓުގައި ދަތުރު ފެށި ފަހުން ބްރިޓްނީ ރާ ބޯން ފެށި ކަމަށާއި މާ ގިނައިރެއް ނުވެ ސިނގިރޭޓެއް ވެސް ރޯކުރި ކަމަށް ހަބަރުތައް ބުނެ އެވެ.
އެއާއެކު ފްލައިޓުގައި ތިބި މީހުން އެކަން ހުއްޓާލުމަށް ބްރިޓްނީގެ ކިބައިން އެދުމުން އެކަން ހުއްޓާލި ނަމަވެސް އެކަން ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފަ އެވެ.
އެގޮތުން ފްލައިޓް ލޮސް އެންޖެލަސްއަށް ޖެއްސުމުން އޭވިއޭޝަން ސެކިއުރިޓީ އޮފިޝަލުން އޭނާއާ ބައްދަލުކޮށް އެކަން ތަކުރާރު ނުކުރަން އިންޒާރު ދިން ކަމަށްވެ އެވެ.
ބްރިޓްނީގެ ނަފްސާނީ ސިއްހަތުގެ ސަބަބުން މި ފަހަކަށް އައިސް އޭނާގެ އަމަލުތައް ވަރަށް ބޮޑަށް މީޑިއާގެ ސަމާލުކަމަށް އަންނައިރު އެކަމުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ފުރައްސާރަ ވެސް އަމާޒުވެ އެވެ.
ފަޒުލްއަށް ދައުވާ ނުުކުރަން ޕީޖީން ނިންމުމުން އޭނާ ސަލާމަތްވެއްޖެ
ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވައޭ ބުނާނެ މީހަކު ނެތް: ރައީސް
60 އަހަރުގައި ލޯބި ލިބޭނެ ކަމަށް ހިއެއް ނުކުރަން: އާމިރު