ރާއްޖޭގައި ހެއާ އެންޑް ބިއުޓީގެ ވިޔަފާރިއަކީ ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ކޮންމެ އަހަރަކު ވެސް އާ އެތައް ބަޔަކު އެ ދާއިރާއަކަށް ގުޅެމުންދެ އެވެ.
ވެރިރަށް މާލޭގައި އެކަނި ވެސް މިފަދަ އެތައް ވިޔަފާރިއެއް ހިންގަމުން އަންނައިރު، އޭގެ ތެރެއިން މިއީ ވަރަށް ފާހަގަކޮށްލެވޭ ސެލޫނެކެވެ. މަޝްހޫރު ގްލިޓްޒީ ސެލޫންއަކީ މިވަގުތު މާލޭގައި އެންމެ ފުރިހަމައަށް ހެއާ އެންޑް ބިއުޓީގެ ހިދުމަތްދޭ އެއް ތަނެވެ.
މީގެ ދިހަވަރަކަށް އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް ފެށި ގްލިޓްޒީ ސެލޫން އެންމެ ފުރަތަމަ ފެށީ ދެކުނުގެ އާބާދީ ބޮޑު އެއް ރަށް ފުވައްމުލަކުގަ އެވެ. އެހެން ނަމަވެސް މާލެއަށް ވިޔަފާރި ބަދަލުކުރީ އެކަށީގެންވާ ވިޔަފާރިއެއް ނުލިބުމުންނެވެ.
މާލޭގައި ގްލިޓްޒީގެ ވިޔަފާރި ހިންގަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު، މިހާރު މިވަނީ މި ދާއިރާގައި ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފަ އެވެ. އެގޮތުން އިސްތަށިގަނޑާއި ހަމުގެ ހުރިހާ ޚިދުމަތެއް ގްލިޓްޒީއިން ލިބެން ހުންނައިރު އެ ޚިދުމަތްތައް ފޯރުކޮށްދެނީ އެންމެ ފަހުގެ ޒަމާނީ އިކުއިޕްމަންޓްތައް ބޭނުން ކޮށްގެންނެވެ.
އެއާއެކު ޚިދުމަތް ދިނުމުގައި ބޭނުންކުރާ އުފެއްދުންތަކަކީ އިޓަލީއާއި އޮސްޓްރޭލިއާގެ އުފެއްދުންތަކަކަށް ވާއިރު މިއީ މިދާއިރާގެ މާހިރުންގެ އިތުބާރު ލިބިފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކެކެވެ.
ޚިދުމަތް ދިނުމުގައި ދާއިރާއަށް ހާއްސަވެގެން ތިބި ފެންވަރު ރަނގަޅު މުވައްޒަފުން ހަރަކާތްތެރިވާއިރު އެ ސެލޫންއަށް ދާ ކޮންމެ ކަސްޓަމަރަކަށް ފުރަތަމަ ފަހަރުން ވެސް އެތަނުގެ ތަފާތު ފެންނާނެ ކަމަށް އެ ސެލޫންއިން ބުނެ އެވެ.
ގްލިޓްޒީ ސެލޫންއިން ލިބެންހުރި ހަމުގެ ޚިދުމަތްތަކުގެ ތެރޭގައި ލޭޒާ ހެއާ ރިޑަކްޝަން، މައިކްރޯ ނީޑްލިންގް، ކެމިކަލް ޕީލިން، މެނިކިއޯ، ޕެޑިކިއޯ އަދި ސްޕާގެ ހިދުމަތް ފަދަ ހިދުމަތްތައް ހިމެނެ އެވެ.
ހަމައެއާއެކު އިސްތަށިގަނޑުގައި ކުލަ ޖެއްސުމާއި ފަން ކުރުމުގެ އިތުރުން އެކި ކަހަލަ ހެއާ ޓްރީޓްމަންޓްތަކަކީ ވެސް އެ ސެލޫންއިން ލިބެންހުރި ހިދުމަތްތަކެވެ.
މީގެ އިތުރުން ކޮންމެ ހިދުމަތަކާއެކު ވެސް ކަސްޓަމަރުންނަށް ހިލޭ ކޮންސަލްޓޭޝަން ލިބޭނެ ކަމަށް ގްލިޓްޒީ ސެލޫންއިން ފާހަގަކުރި އެވެ.
ގްލިޓްޒީއިން ދޭ އެންމެ ފަހުގެ ހިދުމަތްތަކާއެކު އެ ސެލޫންއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން ހޯދާފަ އެވެ.
އެހެން ކަމުން އެ ސެލޫންއަކީ މިވަގުތު މާލޭގައި ހިންގާ ހެއާ އެންޑް ބިއުޓީ ސެލޫންތަކުގެ ތެރެއިން އެންމެ އުހުގައި ފިޔަ ޖަހަމުންދާ ސެލޫން ކަމުގައި ބުނެވިދާނެ އެވެ.