އެންމެ ބޮޑަށް ހިތްދަތިވީ، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ކަންކުރެއްވި ގޮތުން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް ޖަލްސާގައި ރޭ ވަނީ ޔާމީން ޖަލު ބަންދުގައި ހުންނެވިއިރު، މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުގައި އޭރު ތިއްބެވި ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭފުޅުން ދައްކާފައިވާ ވާހަކަތަކުގެ ރިކޯޑިންއެއް ދައްކާފަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭފުޅުން ތިއްބެވީ ރައީސް ޔާމީންއާ އެކު ގަދަކޮށް ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ވިދާޅުވެ އެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވަނީ ޕީޕީއެމް-ޕީއެންސީ ތެރޭގައި އުފެދުނު ބައިބައިވުންތަކާއި ރިޔާސީ އިންތިހާބާއި އޭގެ ފަހުން ކަންކަން ވެގެންދިޔަ ގޮތަށް އަލިއަޅުއްވާލައްވާފަ އެވެ.
މިގޮތުން ރައީސް ޔާމީން ވިދާޅުވީ އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވަނީ އަދި "ޑިސްއަޕޮއިންޓު"ވީ ގައްސާން އާއި އާދަމް ޝަރީފް ދެއްކެވި ވާހަކައިން ކަަމަށެވެ.
ގައްސާން އަކީ ރައީސް ޔާމީން އާއި އާއިލީގޮތުން ގުޅުން އޮންނަ ބޭފުޅަކަށް ވުމުގެ އިތުރުން އެއްވެސް ޝަރުތެއް ނެތި އެ މަނިކުފާނާ އެކު ހުންނެވި ބޭފުޅެއް ކަމަށް ކުރިން ހީފުޅުކުރެއްވުނު ކަމަށާއި، އާދަމް ޝަރީފަކީ އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުން ފެށިގެން ވަރަށް އެކުގައި އުޅުއްވި ބޭފުޅަކަށް ވުމުން އެ އުންމީދު އޭނާގެ ކިބައިން ވެސް ކުރެވުނު ކަމަށެވެ.
"ގައްސާން އެ ކުރެއްވި ކަމަކީ ގަބޫލުކުރެވޭ ކަމެއް ނޫން. އާދަމް ޝަރީފް އެ ކުރެއްވި ކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން." ރައީސް ޔާމީން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެވޭނެ ހާލަތެއް އުފަން ނުވަނީސް ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް އަތުވެއްޖެ ނަމައޭ ވިދާޅުވެ މިބީދައިން އެ ދެ ބޭފުޅުން އެ ދުވަހު ވާހަކަދެއްކެވީ އެ ހާލަތު އަންނަނީކަން ދެނެވަޑައިގެންކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފަދަ ބޭފުޅުންނަކީ ސިޔާސީ މީހުންނަށްވުމުން އެއްވެސް އެއްޗެއް ހިތަށް ނާރާ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން އަދާކުރެއްވި އަދި ރައީސް ޔާމީނާއި އެކު އަރިހުގައި އުޅުއްވި އާދަމް ޝަރީފް ވަނީ އެދުވަހުގެ ބައްދަލުވުމުގައި ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް އައި ކަމުގައި ވިޔަސް އަމަލުކުރާނީ ރައީސް ޔާމީންގެ އިރުޝާދަށް ކަމަށް ވިދާޅުވެފަ އެވެ.
އެދުވަހު ޔާމީންގެ ވެރިކަމުގައި މަޖިލިސް މެމްބަރުކަން ވެސް ކުރެއްވި އަދި އޭރު އެންމެ އަރިސްކޮށް އުޅުއްވި ގައްސާން ވެސް ވަނީ ރައީސް ޔާމީން ދެއްކެވި މަގަކުން ނޫނިއްޔާ ނުހިނގާނެކަމަށް ވިދާޅުވެފަ އެވެ.
އިންސާފެއް ނެތި މިހާރު
ރިޕްލައި