އެއްވެސް ނުފޫޒަކަށް ބޯނުލަބާ މިހާ ހިސާބަށް އާދެވުމުން އުފާކުރައްވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ވަކިކުރި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
މަހާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ ކަމަށާއި ކުރި ހުރިހާ މަސައްކަތެއް ކުރެއްވީ ކުރާ ހިތުން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން،" މަހާޒް ވިދާޅުވި އެވެ.
ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއްކަން ފާހަގަކުރައްވަމުން މަހާޒް ވަނީ ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ޚިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވާ ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
މަހާޒް އާއި އަޒްމިރާލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ނިންމީ އެކަމާ މެދި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ ސަރުކާރަށް ނިސްބަތްވާ 68 މެންބަރުންގެ ވޯޓުންނެވެ. މި ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދިނީ 11 މެންބަރުންނެވެ.

އިންތިހާބާ ދިމާކޮށް ކުށްވެރިން ދޫކޮށްލާނެ ކަަމަށް ބުނެ އޮޅުވާލަނީ
އަކްޝޭއާއެކު މަސައްކަތް ކުރަން ފަރާ ބޭނުންނުވި ސަބަބު!
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް