ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން އުޅޭ މައްސަލަ އިދިކޮޅު އެމްޑީޕީން ކޮމަންވެލްތުގެ ސަމާލުކަމަށް ގެނެސްފި އެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކޮށް، ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލުތައް ކިޔައިދެއްވާފަ އެވެ.
އެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ބައިވެރިވެފައިވެ އެވެ.
ކޮމަންވެލްތުގެ އިސްވެރިންނާ ޝާހިދު ބައްދަލުކުރެއްވިއިރު ދިވެހި ސަރުކާރުގެ ވަފުދަކަށް އިނގިރޭސިވިލާތަށް ވަޑައިގެން ކޮމަންވެލްތާ ބައްދަލުވެފައެއް ނުވެ އެވެ.
އެ ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނަގާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި މިނިވަން މުއައްސަސާތަކަށް ނުފޫޒުފޯރުވުމަށް ކުރަމުން އަންނަ ކަންތައްތަކުގެ ތަފްސީލު އެ ޖަމިއްޔާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
ރާއްޖޭގެ މީޑިއާއަށް ނުފޫޒުފޯރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ވެސް އެ ޕާޓީން ވަނީ ކޮމަންވެލްތާ ހިއްސާކޮށްފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
