ޕެރޫގެ ކުނިއަޅާ ސަރަޙައްދަކުން 5000 އަހަރު ކުރީގެ މަމީއެއް ފެނިފައިވާކަމަށް އާކިއޮލޮޖިސްޓުން ބުނެފި އެވެ.
މި މަމީއަކީ ޕެރޫގެ ޤަދީމީ ޒަމާނުގައި، މަތީ ދަރަޖައިގެ އަންހެނެއްގެ ހަށިގަނޑުކަމަށް ވެ އެވެ. މި މަމީ ވަޅުލާފައިވަނީ އޭރުގެ މުއްސަނދިންނަށް ހާއްްސަ ތަކެއްޗާއި، މަތީ ދަރަޖައިގެ މީހުން އަޅާ ބޯ އެއްޗަކާ އެކުގައި ކަމަށް މައުލޫމާތުލިބެ އެވެ.
އޭގެ އިތުރުން، މަތީ ފަންތީގެ އަންހެނުންގެ ހެދުން އެޅުމާއި ގަހަނާތަކުން ސައިންސްވެރިންނަށް ފެނުނު މި މަމީ ޖަރީކޮށްފައިވާކަމަށް ހޯދުންތެރިން ހާމަކުރެ އެވެ.
މި ހޯދުމުން ދައްކުވައިދެނީ ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް، ގަދީމީ މުޖުތަމަޢުގައި އަންހެނުންނަށްވެސް މަތީ މަޤާމުތައް ލިބިދީފައިވާކަމެވެ. މި މަމީ ފެނުނު ސަރަޙައްދަކީ ކުރީގައި ކަރަލް ސިޓީގެ މުޤައްދަސް ސަރަޙައްދެއް ކަމުގައިވާ އަސްޕެރޯ އެވެ.
ނަމަވެސް 1960 ގެ އަހަރުތަކުގައި މި ސަރަޙައްދު ބަދަލުވެގެން ގޮސްފައިވަނީ ކުނިއަޅާ ސަރަޙައްދަކަށެވެ. އަދި 1990 ގެ އަހަރުތަކުގައި މި ސަރަޙައްދު ބަދަލުވެގެން ގޮސްފައިވަނީ އާކިއޮލޮޖިކަލް ސައިޓަކަށެވެ.
ކަރަލް އަކީ މެސޮޕޮޓޭމިއާ، ޗައިނާ އަދި މިސްރު ފަދަ ގަދީމީ މުޖުތަމައުތަމައުތަކާއި އެއް ޒަމާނެއްގައި ފެށިގެން އައި މުޖުތަމައުއެކެވެ.
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި
ރިއާނާއަށް އަމްބާނީ އާއިލާއިން ދިން ހަދިޔާގެ އަގު!
އޮޅުވާލައިގެން މުސާރަ ނެގި މައްސަލަ އޭސީސީން ބަލަނީ
