ރާއްޖޭގައި ހުރި ގިނަ ނުރަނގަޅު ކަންތައްތަކުގެ އަސްލަކީ ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ 'އެކްސް' އެކައުންޓްގައި ދާދި ދެންމެއަކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
ރައީސް ނަޝީދަކީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތް އޮތުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ފަރާތަކަށްވާއިރު، އެމަނިކުފާނު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމާއި ޕްރިފަރެންޝަލް ވޯޓިންއަށް ބަދަލު ވެއްޖެނަމަ އެތައް ކަމެއް އިސްލާހުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ބަރުލަމާނީ ނިޒާމަށް ގޮވާލައްވާއިރު، ރިޔާސީ އިންތިހާބުގެ ނިޒާމަށްވެސް ބަދަލު ގެނައުމަށް އަޑުތައް އުފުލެމުންދެ އެވެ. މިގޮތުން، ރާއްޖޭގައި ބަރުލަމާނީ ނުވަތަވަތަ ޕާލިމެންޓްރީ ނިޒާމެއް ގާއިމުކުރުމަށް ނަޝީދު ތަކުރާރުކޮށް ގޮވާލައްވާފައިވާއިރު، 19 ވަނަ މަޖިލީހުގެ ރައީސްކަމުގައި ހުންނެވިއިރުވެސް މިކަމަށް ހާއްސަ ކެމްޕޭނެއްވެސް ވަނީ ހިންގަވާފަ އެވެ.
މިއީ އީރާނަށް ލިބޭނެ ފަހު ފުރުސަތު: ޓްރަމްޕް
އީރާނާއެކު މިއަދު މަޝްވަރާތައް ފަށާނެ ކަމަށް ޓްރަމްޕް ބުނެފި
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
