ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 497 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.
ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ބޭންކަށް މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 1.33 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.27 ބިލިއަން ރުފިޔާ އެވެ.
ބީއެމްއެލްއަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް ލިބުނުއިރު، މިދިޔަ ކުއާޓަރުގައި އެކަނި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ލިބފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 492.6 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލްގެ މިދިޔަ ކުއާޓަރުގެ މާލީ އުސްއަލިތައް:
- އެ ބޭންކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އިންޓަރެސްޓުން އެކަނި 752.2 މިލިއަން ރުފިޔާ ލިބިފައިވޭ
- ފީތަކާއި ކޮމިޝަން އާމްދަނީގެ ގޮތުގައި 502.8 ރުފިޔާ ލިބިފައިވޭ
- އެހެނިހެން ހިންގުމުގެ އާމްދަނީގެ ގޮތުގައި 70.8 މިލިއަން ރުފިޔާ ލިބުނު
- ހިއްސާއަކަށް ފައިދާގެ ގޮތުގައި 369 ރުފިޔާ ޖެހިފައިވޭ
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!
ސާވިސް ޗާޖަށް ލިބޭ ޑޮލަރު މާރުކުރުން މަނާކުރާ އިސްލާހެއް
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ