ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓުގައި ފިންލޭންޑު އަނެއްކާ ވެސް އެންމެ މަތީގައި ހިމެނިއްޖެ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ވެލްބީއިން ރިސާޗް ސެންޓަރުން އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓުގައި ފިންލޭންޑުގެ އިތުރުން ޑެންމާކް، އައިސްލެންޑް އަދި ސްވީޑަން ވަނީ އެންމެ މަތީ ހަތަރު ގައުމުގެ ގޮތުގައި ހިމެނިފަ އެވެ.
މި ދިރާސާގައި ބަލާފައިވަނީ އެކި ގައުމުތަކުގެ މީހުން އެމީހުންގެ ދިރިއުޅުމާމެދު ދެކޭގޮތް ސުވާލުކޮށްގެން ލިބުނު ޖަވާބުތަކަށެވެ. ގެލަޕް އަދި ޔޫއެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކާ ގުޅިގެން ކުރެވުނު މި ދިރާސާއިން ދައްކާގޮތުގައި އުފާވެރިކަމަކީ ހަމައެކަނި މުއްސަނދިކަމާއި ކުރިއެރުމަށް ބަލައިގެން މިންކުރެވޭނެ އެއްޗެއް ނޫނެވެ.
ފިންލޭންޑުގެ ރައްޔިތެއް ކަމުގައިވާ އައިނޯ ވިރޮލައިނެން ބުނީ އޭނާ ބޭރު ގައުމުތަކުގައި އުޅެފައިވީނަމަވެސް އަބަދުވެސް ބޭނުންވަނީ ފިންލޭންޑަށް އެނބުރި ދިއުމަށް ކަމަށެވެ.
އޭނާ ބުނީ ފިންލޭންޑު އެ ލިސްޓުގެ އެންމެ މަތީގައިވާ ސަބަބަކީ، އެގައުމުން އާންމުންނަށް ލިބިދޭ އަމާންކަމާއި، ހަމަހިމޭންކަމާއި، އިތުބާރު ކުރެވޭ މާހައުލާއި، ސާފު ވައި އަދި ރީތި ގުދުރަތީ މަންޒަރުތަކަކީ އެގައުމު ލޯބިވާ ސަބަބުތައް ކަމަށެވެ.