މިފަހަކަށް އައިސް މާލޭގެ މަގުމަތީގައި މަސްތުވެގެން އުޅޭ ޒުވާނުންގެ އަދަދު އިތުރުވެ އާންމުންނަށް ބޮޑު އުނދަގުލަކަށް ވެއްޖެއެވެ.
މާލޭގެ އެކި މަގުތަކުގައި މަސްތުވެގެން ތިބޭ ގިނަ އަދަދެއްގެ ޒުވާނުން ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މި ސަރުކާރު އައިފަހުން ނޭޝަނަލް ޑްރަގް އެޖެންސީން ވަނީ އެފަދަ މީހުން ވަގުތުން ހައްޔަރުކޮށް ފަރުވާދޭ މަރުކަޒުތަކަށް ގެންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހަކަށް އައިސް އެފަދަ މީހުން ގިނަވުމަކީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މިދިޔަ ރޯދަ މަހުގެ ދުވާލު ވެސް ވަނީ މާލޭގެ މަގުތަކުން މަސްތުގެ ހާލަތުގައި ތިބި ޒުވާނުން ފެނިފަ އެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަކީ އެއްވެސް ސަރުކާރަކަށް މިހާތަނަށް ކުރެވިފައިވާ ކަމެއް ނޫނެވެ.
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން
ސިނގިރޭޓު ނުބުޔަސް ފުއްޕާމޭގެ ކެންސަރު ޖެހިދާނެތަ؟

މިހެން މިދިމާ ވަނީ މުޢިޒް ސަރުކާރުން މަސްތުވާތަކެތީގެ ކަންކަން ބަލަން ސިޔާސީ މަޤާމުތަކަށް ލާ ފައިތިބީ އަޅުގަނޑުމެން ފުލުހުންތެރޭގަ މަސައްކަތް ކުރި ޒަމާނުގައި މަސްތުވާތަކެތީގެ ވިޔާފާރި ކޮށްގެން ހައްޔަރު ކޮށް އުމުރަށް ޖަލުޙުކުމަށް ޝަރީޢަތަށް މައްސަލަ ފޮނުވިމީހުންނާއި، މަސްތުވާތަކެތި ބޭނުންކޮށް މުޅި މުޖުތަމައަށާއި އެމީހުން ނިސްބަތްވާ އާއިލާ ތަކަށް ބޮޑެތި ބަލާވެރިކަން ޖެއްސިމީހުން ކަމަށް ވާއިރު،މިގޮތަކަށް މިކަމެއް ރަގަޅެއް ނުކުރެވޭނެއެވެ.