އެމެރިކާއިން އދ. ގެ ސުލްހަ ބަލަހައްޓާ މިޝަން (ޔުނައިޓެޑް ނޭޝަންސް ޕީސް ކީޕިން މިޝަން) އަށް ފަންޑުކުރުން ހުއްޓާލަން ނިންމައިފި އެވެ.
މިކަން ހާމަވެފައި ވަނީ އެމެރިކާގެ ސަރުކާރުގެ ތެރެއިން ލީކުވި ސިއްރު ލިޔެކިޔުންތަކަކުންނެވެ.
މި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެމެރިކާއިން މިގޮތަށް ނިންމީ މާލީ އާއި ލުބުނާނު އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގައި އެފަރާތުގެ ދައުރު އެކަށީގެންވާ ގޮތަށް އަދާ ނުކުރާކަމަށް ބުނެ އެވެ.
އެމެރިކާ އަކީ އދ. އަށް އެންމެ ގިނައިން ފަންޑު ކުރާ ގައުމެވެ. މިގޮތުން އދ. ގެ 27 އިންސައްތަ އަކީ އެމެރިކާގެ ފަންޑަށް ވާއިރު 22 އިންސައްތައިގައި ދެވަނަގައި ލިބިފައި ވަނީ ޗައިނާ އަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ތައާރަފް ކުރި "ޕާސްބެކް" ސިޔާސަތުގެ ދަށުން މި ފިޔަވަޅު އެޅިއިރު، މީގެ ތެރޭގައި ބައެއް އެމްބަސީތަކާއި ގިނަ ޑިޕްލޮމެޓިކް މިޝަންތަކެއް ބަންދުކުރުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ޓްރަމްޕެ ސަރުކާރުން މިފަދައިން ނިންމި ނަމަވެސް މި ނިންމުންތައް ތަންފީޒު ވާނީ އެގައުމުގެ ކޮންގްރެސް އިން އެކަމާ މެދު ގޮތެއް ކަނޑައެޅުމުންކަން ފާހަގަކޮށްލަން ޖެހެ އެވެ.