ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަކުއްޖަކާއި އިތުރު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭއިން ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު 17:53 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވި މީހާ އަށާއި ސައިކަލްގައި އިން ހަ އަހަރުގެ އަންހެން ކުއްޖަކަށް ވަނީ އަނިޔާވެފަ އެވެ.
ފުލުހުން ބުނީ ކުޑަކުއްޖާއަށް ފަރުވާދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ. އަދި ސައިކަލް ދުއްވި މީހާއަށް ފަރުވާދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮންމެ މާހައުލަކުން މީހުންގެ ހިތްތައް އަތުލާނީ ކިހިނެއް؟
މިއީ އީރާނަށް ލިބޭނެ ފަހު ފުރުސަތު: ޓްރަމްޕް
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
