އެކަށީގެންވާ ސަބަބަކާއި ނުލައި ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކަށް ދޭ ހިދުމަތްތައް މެދުކަނޑާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައި ނުވާކަން ފާހަގަކޮށް ހޯމް މިނިސްޓްރީން ވަނީ ބައޯމެޓްރިކްސް އަދާހަމަ ކުރެވިފައި ނުވާ ބިދޭސީންގެ ހާލަތު މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އަދާހަމަ ކުރުމަށް އަންގާފަ އެވެ.
މި މުއްދަތުގައި މި މައުލޫމާތު އަދާ ހަމަނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ހިދުމަތް މެނދުކަނޑާލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ ކުރިން ވެސް މިނިސްޓްރީން ވަނީ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފެށި ޕްރޮގްރާމް ކަމަށްވާ "އޮޕަރޭޝަން ކުރަނގި" ގެ ހަރަކާތުގައި ބައިވެރި ނުވެ، ބަޔޯމެޓްރިކް އަދާހަމަ ނުކުރާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށް ބުނެފަ އެވެ.