މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 700،000 އަށް ކައިރި ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް، 693،949 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި 656،828 ޓޫރިސްޓުންނެވެ. އަދި އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މިދިޔަ މަހު ރާއްޖެއަށް 203،464 ޓޫރިސްޓުން އައިސްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން 78،285 ޓޫރިސްޓުން އައިސްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ މިިނިސްޓްރީން ބުނިގޮތުގައި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 75،448 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 73،280 ޓޫރިސްޓުނާއެކު ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ.