ޝާހްރުކް ޚާންއަކީ ހަމަ ގައިމުވެސް ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެކްޓަރު ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭނާއަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންގެ ވެސް ލޯބި ހޯދާފައިވާ ތަރި އެކެވެ.
ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ޝާހްރުކް ޚާންއަކީ އެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ މުއްސަނދި އެއް އެކްޓަރެވެ. ޖުމްލަ 7300 ކްރޯޑުގެ މިލްކިއްޔާތަކާއެކު އޭނާގެ މިލްކިއްޔާތުގައި އަގުބޮޑު އެތައް އެއްޗެއްވެ އެވެ.
ޕްރައިވެޓް ޖެޓެއް
ޝާހްރުކް ޚާންގެ މިލްކިއްޔާތުން އެންމެ ފާހަގަ ކޮށްލެވޭ އެކައްޗަކީ އޭނާގެ ޕްރައިވެޓް ޖެޓެވެ. 260 ކްރޯޑް ރުޕީސް ގެ އަގުބޮޑު އެ ޖެޓަކީ އާއްމުކޮށް އޭނާ ބޭނުންކުރާ ޖެޓެއް ނޫނެވެ.
މުމްބާއީގެ ގެ - މަންނަތު
ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ޝާހްރުކް ޚާންގެ ފެނިލުމެއްގެ އުއްމީދުގައި އެ ގޭ ދޮށަށް އެއްވާ މުމްބާއީގެ ބެންޑްރާގައި ހުންނަ މަންނަތުއަކީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ 200 ކްރޯޑް ރުޕީސްގެ އަގުބޮޑު ގެއެކެވެ. ދާދި ފަހުން އެ ގޭގެ މަރާމާތަށް ޝާހުއާއި އޭނާގެ އާއިލާ ވަނީ އެ ގެއިން ނުކުމެފަ އެވެ.
ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓެއް
އިނގިރޭސި ވިލާތުގެ ލަންޑަނުގެ އެންމެ އަގުބޮޑު ސަރަހައްދުން ޝާހްރުކް ޚާން ގަނެފައިވާ އެޕާޓްމަންޓަކީ 100 ކްރޯޑް ރުޕީސްގެ އަގުހުރި ތަނެކެވެ. އެއީ އޭނާއާއި އޭނާގެ އާއިލާ ލަންޑަނަށް ކުރާ ދަތުރުތަކުގައި މަޑުކުރާ ގެއެކެވެ.
ދުބާއީއިން "ވިލާ"އެއް!
މަންނަތުއެކޭ އެއްގޮތަށް ދުބާއީގައި ހުންނަ ޝާހްރުކް ޚާންގެ ލަގްޒަރީ ވިލާ "ޖަންނަތު"އަކީ ވެސް ހަމަ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއެކެވެ. އެ ގޭގެ އަގަކީ ގާތްގަނޑަކަށް 80 ލައްކަ ރުޕީސް އެވެ.