ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެއްވެސް ސަބަބެއް ނާންގާ ނުބާއްވަނީ ސީދާ ރައީސް މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އިއްޔެ ފެށުނު ނަމަވެސް، އެންމެ ޖަލްސާއެއް ބޭއްވުމަށްފަހު މިއަދުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ. މިކަމާ ގުޅިގެން މެންބަރު މީކާއިލް ވަނީ، މިއީ ރައްޔިތުންގެ މަޖިލިސް މުލިއާގޭ ކައުންޓަރަށް ބަދަލުވުމުން ދިމާވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން، މިފަހުން އަމަލުކުރާ އުސޫލުތައް ބަދަލުވެފައިވާ ކަމަށާއި، ފަހަކަށް އައިސް ޖަލްސާތަކުގެ އެޖެންޑާތައް ގިނަ ފަހަރަށް ލިބެނީ ދަންވަރުގެ ވަގުތުގައި ކަމަށް މީކާއިލް 'ސަން' އާ ވާހަކަދައްކަވަމުން ވިދާޅުވެފައިވެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި، މާލިއްޔަތު ކޮމިޓީ ފިޔަވައި އެހެން އެއްވެސް ކޮމިޓީއެއްގެއްގެ މަސައްކަތެއް އެޖެންޑާގައި ހިމަނާފައެއް ނުވެ އެވެ. މާލިއްޔަތު ކޮމިޓީގައި އެޖެންޑާކޮށްފައިވަނީ ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ.
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
ބައެއް ފަރާތްތަކުން ދަނީ އެސްޖޭ ކުންފުނި ކުށްވެރިކުރަމުން: ޝަހީމް
މި ސަރުކާރުން މަޝްރޫއުގެ ނަމުގައި ކުރަނީ ވައްކަން: މައުރޫފް
