މެގްނީޒިއަމްއަކީ ހަށިގަނޑުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ހިނގުމަށްޓަކައި ބޭނުންވާ މިނަރަލް އެކެވެ. މި މުހިއްމު ސަޕްލިމެންޓް ހަށިގަނޑުގައި މަދުވާނަމަ ބައެއް އަލާމާތްތައް ފެންނާނެ އެވެ.
އަޑު އިވުމަށް އަސަރުކުރުން
މެގްނީޒިއަމްއާއި އަޑު އިވުމުގެ ހިއްސާ ހުރި ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެކެވެ. މެގްނީޒިއަމް މަދުވެގެން އަޑު އިވުމަށް ވަގުތުން އަސަރު ނުކުރި ނަމަވެސް އެއީ ދިގު މުއްދަތުގައި އެ ހިއްސަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
މާ ބޮޑަށް ވަރުބަލިވުން
ސަބަބަކާ ނުލާ މާ ބޮޑަށް ވަރުބަލިވާނަމަ ހަށިގަނޑުގައި މެގްނީޒިއަމް ހުރި މިންވަރު ބަލާލުން ރަނގަޅުވާނެ އެވެ. ވަރުބަލިވާ ފަދަ ކަމެއް ނުކުރި ނަމަވެސް ވަރުބަލިވެ ބަލިކަށި ވުމަކީ މެގްނީޒިއަމް މަދުވާކަމުގެ އަލާމާތެކެވެ.
މަސްގުޅަ ކެއުން
މަސްތަކުގެ ސިއްހަތަށްޓަކައި މެގްނީޒިއަމްއަކީ މުހިއްމު މާއްދާ އެކެވެ. މެގްނީޒިއަމް ރަނގަޅަށް ނުލިބޭނަމަ މަސްތަކުގެ ބާރު ދެރަވެ ގިނަގިނައިން މަސްގުޅަ ކެއުން އެކަށީގެންވެ އެވެ.
މައިގްރޭންއަށް މަގުފަހިވުން
މައިގްރޭން ރިހުމަކީ ޝައްކެއް ވެސް ނެތް ގޮތުގައި ވަރަށް ވޭންހުރި ކަމެކެވެ. މައިގްރޭންއަކީ ހަށިގަނޑުގައި ގިނަ މާއްދާތަކެއް މަދުވާނަމަ ފެންނާނެ އަލާމާތަކަށް ވާއިރު މެގުނީޒިއަމްއަކީ އޭގެ ތެރެއިން އެއް މާއްދާ އެވެ.
ކަށިތަކުގެ ސިއްހަތު ދަށްވުން
މެގްނީޒިއަމްއާ ނުލާ ހަށިގަނޑުގެ ކަށިތަކަކީ ފަސޭހައިން ރެނދުލާ ބިންދައިގެން ދާނެ އެއްޗެއް ކަމަށް ދިރާސާތަކުން ބުނެފައިވެ އެވެ. އެހެން ކަމުން ހުޅުތަކުގައި ރިއްސުމާއި ކުދި އަނިޔާ ލިބުމަކީ މެގްނީޒިއަމް މަދުވާނަމަ ފެނިދާނެ ކަންކަމެވެ.
އެމްޕީއެލްގައި އިތުރު 600 މުވައްޒަފުން، މަހަކު 20 މިލިއަން ރުފިޔާ
މަހުދީގެ މަރުގެ ސެޓްފިކެޓް ބަދަލުނުކޮށްދޭތީ އާއިލާގެ ކަންބޮޑުވުން
އެލާމް ގަޑީގެ ކުރިން ހޭލެވުން: ހަށިގަނޑުގެ ގުދުރަތީ ނިޒާމެއް!