ހުޅުމާލޭގައި ގާއިމްކުރާ 10،000 ޓަނުގެ ފެން ޕްލާންޓް، މިމަހު ޚިދުމަތަށް ގެނެވޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ އެމްޑަބްލިއުއެސްސީގެ އެންމެ މުހިންމު އެއް އަމާޒެއްކަމަށާއި، މިއީ މާލޭ ސަރަހައްދުގެ ފެން ރައްކާކުރުމުގެ ގާބިލްކަން 90 އިންސައްތަ އަށް އިތުރުކުރެވޭނެ މަޝްރޫއެއް ކަމަށް މަތީން ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލޭގައި އިތުރު 10,000 ޓަނުގެ ފެން އުފެއްދުމުގެ މަސައްކަތް އޮގަސްޓު މަހު ނިމޭނެ އެވެ. އަދި އިތުރު 1,000 ޓަނު އުފެއްދުމުގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށްވެސް މަތީން ވިދާޅުވި އެވެ.
މިއަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ 26 އިންސައްތަ އަދި ފެން ރައްކާކުރެވޭ މިންވަރު 28 އިންސައްތަ އަށް އިތުރުކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
މާލެ ސަރަހައްދުގައި މިހާރު ފެން ރައްކާކުރެވެނީ އެއްދުވަހަށް ވާވަރަށް ކަމަށާއި، މިއީ މާލެ ފަދަ އާބާދީ ބޮޑު ސަރަހައްދަކަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ވެސް މަތީން ފާހަގަކުރެއްވި އެވެ.

ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ
މޮސާޑް އިސްވެރިޔާގެ ސިއްރު ލިޔެކިޔުންތައް ހެކްކޮށް ލީކުކޮށްލައިފި
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
