ރ. މަޑުއްވަރީގައި ވަޅިން ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަޑުއްވަރީގައި ދެ މީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލަ ރޭ 11:28 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
މަރަދޫފޭދޫގައި ހިންގާ ޑްރަގް ކެފޭއެއް ބަންދުކުރަން އަމުރެއް
ކޭޕް ވާޑްއިން ޔޫރަޕްގެ ޗެމްޕިއަން ހިފަހައްޓައިފި
"ގަދަރް"އަށް 25 އަހަރު: އަދިވެސް އެންމެ ކާމިޔާބު އެއް ފިލްމު!