ރޯދައާ ދިމާކޮށް ސައުދީ އަރަބިއްޔާ އިން 25 ޓަނުގެ ކަދުރު ރާއްޖެއަށް އިއްޔެ ހަދިޔާކޮށްފި އެވެ.
ސައުދީން ދިން ކަދުރާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި ސައުދީ ފަރާތުން އެ ކަދުރު ޝިޕްމަންޓް ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުތުރިކް ބިން އަބްދުﷲ އެވެ.
ސައުދީން އެހެން އަހަރުތަކުގައި ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރި ނަމަވެސް މިފަހަރު ހަދިޔާކުރީ 25 ޓަނު މަދުންނެވެ.
ކޮންމެ އަހަރެއްގެ ރޯދައާ ދިމާކޮށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ. އަދި އެ ކަދުރު މުޅި ރާއްޖެއަށް ބަހަމުން ގެންދެ އެވެ.
ސައުދީއަކީ ރާއްޖެއަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. ހާއްސަކޮށް ތަރައްގީގެ އެކި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ މަޝްރޫއުތަކަށް ވެސް އެ ގައުމުން ލުއި ލޯނުތަކެއް ދީފައިވެ އެވެ.
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ