އިންޑިއާގެ މަޝްހޫރު ކޮމީޑިއަން މުނައްވަރު ފާރޫގީއާއި އޭނާގެ އަންހެނުން މެހްޒަބީން ކޯޓްވާލާ ވެސް މިއަހަރުގެ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.
މުނައްވަރު ވަނީ ވަރަށް ފަހުން އޭނާގެ ސޯޝަލް މީޑިއާގައި އުމްރާގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަނީ އެ ދެމަފިރިން ކައުބަތުﷲ ގެފުޅުގެ ކުރިމަތީގައި ހުއްޓިގެން ތިބި މަންޒަރެވެ.
އެ ފޮޓޯއާއެކު މުނައްވަރު ބުނެފައިވަނީ އެއީ މުޅި ދުނިޔޭގައިވާ އެންމެ ރީތި ތަން ކަމަށާއި އެތަނަށް ދިއުމުގެ ނަސީބު އެންމެންނަށް ލިބުމަށް އެދޭ ކަމަށެވެ.
"އަހަރެންގެ ދުއާތަކުގައި ތިޔަ އެންމެން ވެސް ބައިވެރި ކުރިން. އެންމެންގެ ދުއާތަކުގައި އަހަރެން ވެސް ބައިވެރި ކޮށްދޭތި" މުނައްވަރު ބުނެފައިވެ އެވެ.
ބިގްބޮސްގެ 17 ވަނަ ސީޒަން ކާމިޔާބުކުރި މުނައްވަރު މިފަހުން އާއްމުންގެ ސަމާލުކަމަށް އައިސްފައިވަނީ އޭނާގެ ކައިވެންޏާއެކުގަ އެވެ.
ރަމަޟާން މަހުގެ ދުވަސްތައް ކުރިއަށްދާއިރު މުނައްވަރުގެ އިތުރުން ހީނާ ޚާންއާއި އަލީ ގޯނީ ފަދަ ތަރިން ވެސް ވަނީ މިއަހަރު އުމްރާ ކޮށްފަ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ފިޔޯރީ ވޯޓު ފޮށި ހަލާކުކޮށްލައިފި
މިއީ ސަރުކާރު ބަލިކުރަން މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު
ދުންނަގެ "މަގްކޭކު" ރަހަބަލާލަން ގިނަ ބަޔަކު ކިޔުޖެހެނީ!