ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
ޖޭއެސްސީން އެ ފުރުސަތު އަލުން ހުޅުވާލީ އެ ކޮމިޝަނުން ދިން ދެ ދުވަހުގެ މުއްދަތުގައި ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށްވާތީއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު އެކަންޏެވެ.
ޖޭއެސްސީގެ އިއުލާނުގައި ވަނީ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާކަމަށެވެ. އަލުން އިއުލާން ކުރިޔަސް ކުރީގެ އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތް އަލުން ކުރިމަތިލާކަށް ނުޖެހޭނެ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމް ހުސްވީ އެ ކޯޓްގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެހުންނަވައި ސުޕްރީމް ކޯޓަށް ނުފޫޒުފޯރުވަމުންދާތީ އެވެ.
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
ނިދީގައި ކުޅު ފައިބަނީ ކީއްވެ؟ މިއީ ސިއްހީ މައްސަލައެއްތަ؟

އެންމެ މީހަކު ކުރިމަތިލުމުން އެނގެނީ މަގާމަށް މީހަކު ހަމަޖެއްސުމުގާ ތެދުވެރިކަމެއް ހަމަހަމަކަމެއް އިންސާފެއް ނެތްކަމަށް ގާނޫނީ މީހުންވެސް ގަބޫލުކުރާކަން.