ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ގިނަ މީހުންގެ ހިތުގައި އުފެދޭ ވަރަށް އާއްމު ދީނީ ސުވާލުތަކެއް ހުރެ އެވެ. ހުރިހާގެ މި ސެގްމެންޓަކީ އެފަދަ ސުވާލުތަކަށް ދީނީ އިލްމުވެރިން ދެއްވާފައިވާ ޖަވާބު ގެނެސްދޭ ސެގްމެންޓެކެވެ.

މި ސުވާލަކީ ވަރަށް ގިނަ ކަނބަލުންގެ ހިތްތަކުގައި އުފެދޭ ސުވާލެއްކަން ޔަގީނެވެ. ކެއްކުމުގައި ކާތަކެތީގެ ރަހަ ހެޔޮވަރު ކުރުމުގެ ބޭނުމުގަ އެވެ.

ސުވާލު: ރޯދައަށްހުރެ ކައްކާއިރު ކާތަކެތީގެ ރަހަ ބެލުމުން ރޯދަ ގެއްލޭނެތަ؟

ޖަވާބު: ރޯދައަށް ހުންނަ ވަގުތު ކައްކާއިރު ލޮނު ރަހައާއި ކުޅިރަހަ ފަދަ ރަހަތައް ހެޔޮވަރު ކުރުމަށްޓަކައި ދުލުކުރިން ކާތަކެތީގެ ރަހަ ބެލުމަކުން ރޯދަވެރިޔާގެ ރޯދައެއް ނުގެއްލޭނެ އެވެ. މިއީ ހުއްދަ ވެގެންވާ ކަމެކެވެ.

https://www.youtube.com/watch?v=0QTJ3QORFes

އެހެން ނަމަވެސް ރަހަ ބަލާއިރު ކާއެތިކޮޅެއް ކަރުން އެތެރެއަށް ދިރުވާލައިފިނަމަ އެ ހިސާބުން ރޯދަވެރިޔާގެ ރޯދަ ގެއްލުނީ އެވެ. މިކަމުގައި ވެސް އޮޅިގެން ނުވަތަ ގަސްދުގައި ނޫން ގޮތަކަށް ދިރުވުން އިސްތިސްނާ ވެގެންވެ އެވެ.

ޖަވާބު ދެއްވީ: ޝެއިޚް އައްސީމް އަލް ޙަކީމް