ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ގިނަ މީހުންގެ ހިތުގައި އުފެދޭ ވަރަށް އާއްމު ދީނީ ސުވާލުތަކެއް ހުރެ އެވެ. ހުރިހާގެ މި ސެގްމެންޓަކީ އެފަދަ ސުވާލުތަކަށް ދީނީ އިލްމުވެރިން ދެއްވާފައިވާ ޖަވާބު ގެނެސްދޭ ސެގްމެންޓެކެވެ.
ހަކުރު ބައްޔަކީ އަހަރުމެން ދިވެހިންގެ މެދުގައި އާއްމު ބައްޔަކަށްވާއިރު އެ ބަލި ތަހައްމަލުކުރާ ގިނަ މީހުންގެ ފަރުވާއަކީ ދުވާލުގެ އެކި ވަގުތުތަކުގައި އިންސިއުލިން ޖެހުމެވެ.
ސުވާލު: ރޯދައަށްހުރެ އިންސިއުލިން ޖެހުމުން ރޯދަ ގެއްލޭނެތަ؟
ޖަވާބު: އިންސިއުލަންއަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މާއްދާއެއް ނޫނެވެ. އެއީ ހަށިގަނޑުގައި ހުރި ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދޭ ހޯމޯން އެކެވެ.
އެހެން ކަމުން ރޯދައަށްހުރެ ދުވާލު ގަޑީގައި އިންސިއުލިން ޖެހި ނަމަވެސް އެކަމުން އެމީހެއްގެ ރޯދައަކަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ.
ޖަވާބު ދެއްވީ: ޝައިހް އައްސީމް އަލް ހަކީމް
ދުންނަގެ "މަގްކޭކު" ރަހަބަލާލަން ގިނަ ބަޔަކު ކިޔުޖެހެނީ!
ބަކެޓް ލިސްޓަށް އާ މަންޒިލެއް: ޖާދޫއެއް ފަދަ ޕެންގޮންގް ސޯ!
ދަންވަރު ބަދިގެއަށް ވަނުމުގެ ކުރިން މިކަމަށް ވިސްނާލާ!