މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހި ކެއުންތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.
އެގޮތުން މިއަދު ވެސް މިއޮތީ ދިވެހި ރަހައެއް ކަމަށްވާ ދޮން އަނބު ރިހަ އެވެ. މި ރެސިޕީ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.
ބޭނުންވާނެ ތަކެތި
- 4 ދިވެހި ދޮން އަނބު (ސާފުކޮށް ފޮތި ފޮއްޗަށް ކޮށާފައި
- 2 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި
- 1 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު
- 1/2 މޭޒުމަތީ ސަމުސާ މުގުރި ދިރި
- 1/2 މޭޒުމަތީ ސަމުސާ ތެޅި މިރުސް
- 1/2 ގިތެޔޮ މިރުސް
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- 2 ލޮނުމެދު (ޗަސް ކޮށްލާފައި)
- 1/2 އިންޗި އިނގުރު ކޮޅެއް (ޗަސް ކޮށްލާފައި)
- 10 ހިކަނދިފަތް
- 2 ރާނބާފަތް (6 އިންޗި)
- 4 ކާފޫރުތޮޅީގެ އޮށް
- 3 އިންޗި ފޮނިތޮށި
- 1/2 ޖޯޑު ބޯކިރު
- 1/2 ޖޯޑު ފެން
- 1/2 ޖޯޑު ވަޅޯމަސް (ތުނިކޮށް ކޮށާފައި)
- 2 މޭޒުމަތީ ސަމުސާ ތެޔޮ
- ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް
- ތެއްޔަކަށް ތެޔޮކޮޅު އަޅައި އުދުމަށްފަހު ހޫނުވުމުން ފިޔާ، ކާފުރުތޮޅި، ގިތެޔޮ މިރުސް، ފޮނިތޮށި، ހިކަނދި ފަތް އަދި ރާނބާފަތް އެއްކޮށް ފިޔާކޮޅު ރަތް ކޮށްލާށެވެ.
- ފިޔާކޮޅު ރަތްވާން ފެށުމުން ލޮނުމެދާއި އިނގުރުކޮޅު އަޅައި އެއްކޮށްލާށެވެ.
- އެއަށްފަހު ކޮތަނބިރި، ދަވިއްގަނދު، ދިރި އަދި ތެޅިމިރުސް އަޅައި އިތުރު މިނެޓެއްހާއިރު ރޯފިލުވާށެވެ.
- ފިޔާކޮޅާއި މިރުސްގަނޑު ރަނގަޅަށް ރޯފިލުމުން އަނބުކޮޅާއި ބޯކިރު އަދި ފެން އަޅައި އެއްކޮށްލުމަށްފަހު ތެލީގެ މަތިޖަހައި މަޑު ގިނީގައި 15 މިނެޓު ކައްކާލާށެވެ.
- ދިޔަވަރު ރަނގަޅަށް ހޫނުވުމުން ލޮނު އަޅައި ރަހަ ހެޔޮވަރު ކުރާށެވެ.
- ބޮކިޖަހައި ކެކިގަތުމުން އުނދުން މަތިން ބާލާށެވެ. އޭގެ ކުރިން ރަހަތައް ހެޔޮވަރުތޯ ބަލާލަން ވާނެ އެވެ.