ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރުކަމުގެ މަގާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުޙަތު ޝަހީރު އައްޔަންކޮށްފި އެވެ.
ސިފައިންގެއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަރުހަތު ވަނީ މީގެ ކުރިން އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
ފަރުހަތު ޝަހީރަކީ މި ސަރުކާރު އައިފަހުން މިފްކޯއަށް އައްޔަން ކުރެވުނު ތިންވަނަ ސީއީއޯ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ފުރަތަމަ މިފްކޯގެ ސީއީއޯގެ މަގާމަށް ހަމަޖެއްސެވި އަހުމަދު ސަމާހު ރަޝީދު ވަނީ 6 މަސް ދުވަސް ތެރޭގައި ވަކިކުރައްވާފަ އެވެ. އޭގެ ފަހުން އެ ކުންފުންޏަށް ބައިނަލްއަގުވާމީ ފެންވަރުގެ ސީއީއޯއެއް ހޯދުމަށް ދެފަހަރުމަތިން އިއުލާން ކޮށް، ޔުކުރެއިން އަށް ނިސްބަތްވާ ޑރ. ވިޓާލީ ލުބިމޯވް މިދިޔަ ޑިސެމްބަރު މަހު އައްޔަން ކުރުމަށްފަހު މި ހަފްތާ ތެރޭގައި ވަނީ ވަކިކޮށްފަ އެވެ.
ސަރުކާރުގެ ދުއްވާ އޮޑީގެ ފަޅުވެރިން ނަށް ރަނގަޅު މީހުން ނެލެވިގެން ސަރުކާރުން އުޅޭ މަންޒަރޭ މިފެންނަނީ ޚުދު ރައީސް މީހާ އަށް އަމިއްލަ އަށް ވިސްނިގެން އެކަށޭނެ މީހުން ނުނެގުން ދެން އަނބިމީހާ ބުނެގެން ވަޒީފާ ދޭ މީހުން ގިނަވުމުން ވާނެހަތަރެތި މިއޮށްގެން ވަނީއޭ ވަޒީރުންގެ ތެރޭން ތިޔާ އެގްރިކަލްޗަރ ވަޒީރަށް ވަރަށް ޕެޓީ ކަމެއް ކަމުގައިވާ މާލޭގައި ހުރި އެންމެ ބުޅަލެއްވެސް ކޮއްޓަށް ނުލެވޭ ރޯދަ މަސް ނިމެނީއޭ އެކަމަކު އޭނާ މުސާރަ ބަރާބަރަށް ދަމައިގަނޭދޯ
ރިޕްލައި