ވިލާ މާޓުގެ ފިހާރަތަކަކީ ހެޔޮއަގެއްގައި މޮޅު އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ގެނެސް ރޯދަ މަހު ބާޒާރުކުރަން އެންމެ ފުރިހަމަ ފިހާރަތަކެވެ.
ތާޒާ އުފެއްދުންތަކާއި މޭވާ އާއި ތަރުކާރީއިން ފެށިގެން ކައްކާއިރު ރަހަ މީރުކުރަން ކޮންމެހެން ބޭނުންވާ ހުރިހާ ތަކެއްޗެއް ވިލާ މާޓުގައި ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ރޯދަ ވީއްލަން އެކި ވައްތަރުގެ މީރު ކަދުރު ވެސް މިތަނުން ލިބެން ހުރެ އެވެ. މީގެ އިތުރުން ޗިކަން ވިންގްސް، ފިނިކުރި ކުކުޅު އަދި ޗިކަން ބްރެސްޓް ފަދަ ކުކުޅުގެ އެކި އުފެއްދުންތައް ވެސް ވިލާ މާޓުން ލިބެން އެބަހުއްޓެވެ.
ވިލާ މާޓުން އަބަދުވެސް އިސްކަންދެނީ އެ މޫސުމަކާ ގުޅޭ އުފެއްދުންތައް އެތެރެކޮށް ހެޔޮއަގުގައި ފޯރުކޮށްދިނުމަށެވެ. މިގޮތުން ލިބެންހުރި ބާވަތްތަކުގެ ތެރޭގައި:
- ހުދު އަދި މުށި ކުކުޅު ބިސް
- އަލުވި، ފިޔާ
- ލުނބޯ އަދި އެހެނިހެން އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި.
ވިލާ މާޓުން ތާޒާ އުފެއްދުންތަކުގެ ބޮޑު ބައެއް އެެތެރެކުރަނީ ނެދަލެންޑްސް އިންނެވެ. މިގޮތުން ސިއްހަތަށް ފައިދާހުރި ތަރުކާރީ އަދި މީރު ކެއުންތައް ތައްޔާރުކުރަން ބޭނުންވާ ތަފާތު ގިނަ ބާވަތްތައް ލިބެންހުރެ އެވެ. މިގޮތުން ލިބެންހުރި ބާވަތްތަކުގެ ތެރޭގައި:
- އެސްޕަރަގަސް
- ބްރޫސެލް ސްޕްރައުޓްސް
- ޝީޓޭކް މަޝްރޫމްސް
- ބްލޫބެރީސް އަދި ބްލެކްބެރީސް
- އެވޮކާޑޯ
- ޗެރީ އަދި ވައިން ޓޮމާޓޯސް
- ސްޕިނެޗް
އެ އުފެއްދުންތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އަލްމަރައި، ވެއިޓްރޯސް އަދި ޕްރައިމް ފަދަ ބްރޭންޑްތަކުގެ ފެންވަރު ރަނގަޅު އުފެއްދުންތައް ވެސް ހެޔޮއަގުގައި ވިލާ މާޓުން ލިބެން އެބަހުއްޓެވެ.
އާއިލާ ރޯދަ ވީއްލުމަށާއި ބޮޑެތި ބައްދަލުވުންތައް ފުރިހަމަކުރުމަށް ބޭނުންވާ މުހިންމު ބާވަތްތައް ވިލާ މާޓުން ލިބެ އެވެ. ރަމަޟާން މަހަކީ ގިނަ ގޭބިސީތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ތަކެތި ގަނެ ރައްކާކުރާ ދުވަސްވަރެކެވެ. އެކި ބޭނުންތައް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގެ މުހިންމުކަން ވިލާ މާޓަށް އެނގެ އެވެ. އެހެންވެ، މޭވާ، ތަރުކާރީ، ކަދުރު ފަދަ ތާޒާ ބާވަތްތައް އަބަދުވެސް ހެޔޮއަގުގައި ލިބެން ހުންނާނެކަން ވިލާ މާޓުން ކަށަވަރުކުރެ އެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އިތުރު ސަރަޙައްދުތަކަށް ފުޅާކުރުމުގެ ވިސްނުމާއެކު، ވިލާ މާޓުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. ވިލާ ޓްރޭޑިންގެ ދަށުން ހިންގާ މި އުފެއްދުންތައް ހޯލްސޭލްކޮށް ވެސް ލިބެން ހުރެ އެވެ. ހޯލްސޭލް އާ ބެހޭ މައުލޫމާތު ސާފުކުރަން 7667711 ނުވަތަ އީމެއިލް [email protected] ގުޅުއްވާށެވެ.
ވިލާ މާޓުން މަސައްކަތް ކުރަނީ މި ބަރަކާތްތެރި މައްސަރުގައި ފަސޭހަކަމާއި އުނދަގުލަކާ ނުލައި ފެންވަރު ރަނގަޅު ޝޮޕިން އެކްސްޕީރިއަންސެއް ކޮށްދީ، އުފެއްދުންތައް ފަސޭހަކަމާއެކު އަދި އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.