މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި އަހުމަދު އުސެއިދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
އެ ގައުމުގެ މޮނާޝް ޔުނިވާސިޓީގައި ކިޔަވާ އުސެއިދު ގެއްލިގެން އޭނާގެ ބައްޕަ އަދި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ބ. އަތޮޅު ދާއިރާގެ މެމްބަރު އިބްރާހިމް އަފީފް ފޭސްބުކްގައި ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ ދެ ވަނަ ދުވަހުގެ 3:15 ގެ ފަހުން ސަންވޭ ޖިއޯ އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ހަބަރެއްނުވެގެން، އެރޭ 10:00 ގައި އެކަން ފުލުހުންނަށާއި މެލޭޝިއާ އެމްބަސީއަށް ވެސް އެންގި ކަމަށެވެ.
އަފީފް ވިދާޅުވީ، އުސެއިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި މެލޭޝިއާ ފުލުހުން އަންގައިގެން އާއިލާ ވެސް މިހާރު ތިބީ އެ އިދާރާ އަށް ހާޒިރުވެފަ އެވެ.
އުސެއިދު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މެލޭޝިއާގެ ހޮޓަލެއްގެ ފަރާތުން ކަމަށްވެ އެވެ.
އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން ވަނީ އެނގިފައި ކަމަށް ބައްޕަ ވިދާޅުވެފައި ވެ އެވެ.
"...ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި،" އޭނާގެ ބައްޕަ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައިވެ އެވެ. އިއްޔެގެ ވަގުތެއްގައި އުސައިދުގެ ވޮލެޓާއި ކާޑު އެމްބަސީން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވިއަސް އުސައިދާ ބައްދަލު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުސެއިދާ ބައްދަލުވުމުގެ އިތުރު ކަންކަން އެނގޭނީ،" އަފީފު ވިދާޅުވި އެވެ.