އަންނަ ރަމަޟާން މަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިއަދު ބުނީ މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައި ވަނީ، ކުރިއެކޭ ވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 6 މާޗު 2022 ގައި ނެރުއްވި ދެންނެވުމުންނެވެ.
ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަހުގެ މަސައްކަތު ގަޑި އާންމު މަސްތަކަށް ވުރެ ކުރެވެެ. އެއީ ލުއިފަސޭހަކުރުމާއި އަދި ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމަށް ވަގުތު ދެއްވުމަށް ގެންނަ ބަދަލެކެވެ.
ރައީސް މުހައްމަދު މުޢީއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 ބަންދުކުރެއްވުމަށް ވެސް ނިންމަވާފަ އެވެ.