ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށް، ފިނޭންސް މިނިސްޓްރީން ބޮޑު ހަރަދުކޮށް ސްޓާފްނައިޓެއް ބާއްވައިފި އެވެ.
"ހުރިހާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަފްލާގެ ކަންކަން ހަމަޖެއްސުމަށް ހަވާލުކުރީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު ސިރާޖުއާ ގާތްގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ "ތިންކް" އަށެވެ. ނަމަވެސް ތިންކްއަށް މި ހަފްލާ އޯގަނައިޒް ކުރުމަށް ދިން ފައިސާ އަދަދު އަދި ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓާފް ބާއްވާފައި ވަނީ ބޮލީވުޑް ތީމަށް ކަމަށްވާއިރު މިނިސްޓްރީގެ މުވައްޒަފުން މަސްހުނިވެ އެކި ލަވަތަކަށް ނަށާފައި ވެސްވެ އެވެ.
ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މިނިސްޓަރު މޫސާ ޒަމީރު ވެސް ހުންނެވީ ހިންދުސްތާނު މީހުންލާ ޒާތުގެ އިންޑިއާ ސަގާފަތް ރަމްޒުކޮށްދޭ "އެތްނިކް" ޖެކެޓެއް ތުރުކުރައްވައިގެންނެވެ. ނަމަވެސް މި ސަރުކާރަކީ އިންޑިއާ އާ ދެކޮޅަށް ނުހަނު އަޑު އުފުލި ވެރިންތަކެއް ތިބި ސަރުކާރެއްކަން ފާހަގަކޮށްލެވެ އެވެ.
ޖަނަވަރީ މަހުގެ އާމްދަނީ 874 މިލިއަން އަށް ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސުން ހާމަ ކުރުމާއެކު އެތައް ލައްކަ ރުފިޔާ އިން ޚަރަދު ކޮށް "ފިނޭންސް ސްޓާފް ނައިޓް" މަޖަލާއި، ނެށުންތަކާއި ލަވަތަކާއެކު ބޭއްވުމުން ގިނަ ބަޔަކު ގެންދަނި ފާޑުކިޔަމުންނެވެ.
ތި ސިރާޖު ވަރަށް ސަޅި ކަމެއް ކޮށްލީ. ޒަމީރުގެ ވަރަށް ގާތް ބަޔަކަށްވެ ހުރެ ތި ޝޯގެ ވީޑިއޯ ލީކް ކޮށްލީ. ތިންކް އަކީ އޭނާގެ ވަރަށް ގާތް ބައެއް
ރިޕްލައި