ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ ލަވަކިޔުންތެރިޔާ ސަބްރީނާ ކާޕެންޓާ އަދި އެކްޓަރު ބެރީ ކިއޯގަން އެކީގައި އުޅޭ ކަމަށް އިއުލާންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ފޭނުންގެ ތެރޭގައި ވަރަށް ބޮޑަށް މި ޖޯޑު މަގުބޫލުވެ ބެރީ ވަނީ ސަބްރީނާގެ ލަވައެއް ވީޑިއޯއެއްގައި ވެސް ފެނިފަ އެވެ. ނަމަވެސް މި ގުޅުމަށް އެއް އަހަރު ވެސް ނުވަނީސް، ގުޅުން ނިމުމަކަށް އައި ކަމަށް ދެ ތަރިން އިއުލާންކުރި އެވެ.

ވަކިވާން މެދުވެރިވި ސަަބަބު އިއުލާން ނުކުރުމުން، ފޭނުން ދިޔައީ ވަކިވި ސަބަބުތައް ދެނެގަންނަން މަސައްކަތް ކުރަމުންނެެވެ. އަދި މިއާއެކު ބެރީ ސަބްރީނާއަށް ބޭފަވާތެރިވިކަމުގެ ހަަބަރު ސޯޝަލް މީޑިއާގައި ފެންމަތިވެ، ފޭނުންގެ ފަރާތުން އެތައް ފުރައްސާރައެއް ބެރީ ކުރިމަތިލާން ޖެހުނެވެ. އަދި އެންމެ ފަހުން މި މައްސަލައާ ގުޅިގެން ބެރީގެ ފަރާތުން ބަޔާނެއް ނެރެ، ފުރައްސާރަތައް ހުއްޓާލާ އޭނާއާއި އޭނާގެ އާއިލާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އޭނާ އެދުނެވެ. ނަމަވެސް ސަބްރީނާއަށް ބޭފަވާތެރިނުވާ ކަމަކަށް އޭނާ ނުބުނެ އެވެ.

ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ދެމީހުން ވަކިވެފައިވަނީ ދެމީހުން ވެސް އަދި މާ ޒުވާންވުމާއެކު ކެރިއަރަށް ފޯކަސް ކުރުމަށް ކަމަށެވެ. ހާއްސަކޮށް ސަބްރީނާއަކީ ޕޮޕް ޖަންރާގެ އަރަމުން އަންނަ ތަރިއަކަށްވުމާއެކު އޭނާގެ މަސައްކަތް ހުރިގޮތުން މި ފަދަ ގުޅުމަށް އޭނާއަށް އެކަށީގެންވާ ވަގުތު ނުދެވޭނެ ކަމަށް ހޮލީވުޑް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ދެތަރިން ވެސް މި ކަމާ ދޭތެރޭ އެއްވެސް ވަރަށް މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ. ސަބްރީނާ ވަނީ ބެރީއާއެކު ކުޅުނު ލަވައިގެ ރިމިކްސް ވީޑިއޯއެއް މި ހަފްތާގައި ރިލީޒްކޮށްފަ އެވެ. މި ވީޑިއޯގައި ސަބްރީނާއާއެކު ފެނިފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން އާއެކު އެވެ.