ނިމިގެންދިޔަ އެކަޑަމީ އޮސްކާ އެވޯޑުގައި އެންޖެލީނާ ޖޯލީއަށް ލިބުނު ނާކާމިޔާބީގެ ތުހުމަތު އޭނާ އަޅުވަނީ އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއާއި ބްރެޑްގެ ފުރަތަމަ އަނބިމީހާ ޖެނިފާ އެނިސްޓަންގެ ބޮލުގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެންޖެލީނާގެ ފިލްމު "މަރީއާ"އަށް ލިބުނު ކޮމާޝަލް ކާމިޔާބީއާއެކު ވެސް އޮސްކާގައި އޭނާއަށް އެއްވެސް އެވޯޑެއް ނުލިބުމުން އޭނާ ހުރީ ހިތްހަމަ ނުޖެހިފަ އެވެ.

އެގޮތުން ބްރެޑް ޕިޓްއާއި ޖެނިފާ އެނިސްޓަން އެ ދެމީހުންގެ ނުފޫޒު ބޭނުން ކޮށްގެން އެންޖެލީނާއަށް ލިބެންހުރި އެވޯޑުތައް ނިގުޅައިގަތީ ކަމަށް އެންޖެލީނާ ގަބޫލު ކުރެ އެވެ.

އެންޖެލީނާއާ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެންޖެލީނާގެ ސަބަބުން ޖެނިފާއާއި ބްރެޑްގެ ކައިވެނި ރޫޅުނުތާ 20 އަހަރު ވެފައިވީ ނަމަވެސް ޖެނިފާ އަދިވެސް އޭނާއަށް މައާފު ނުކުރާ ކަމަށެވެ.

އެހެން ނަމަވެސް އެންޖެލީނާގެ މި ތުހުމަތުތައް ބްރެޑްގެ ޓީމުން ވަނީ ވަރަށް ސާފުކޮށް ދޮގުކޮށްފަ އެވެ. އެންޖެލީނާއާ ދެކޮޅަށް ބްރެޑް އެއްވެސް ކަމެއް ނުކުރާ ކަމަށް އެމީހުން ބުނެ އެވެ.

އޮސްކާ އެވޯޑްސްގައި އެންޖެލީނާގެ ފިލްމު މަރީއާއަށް ނޮމިނޭޝަންތަކެއް ލިބިފައިވީ ނަމަވެސް އެ އެވޯޑު އޭނާއަށް ކާމިޔާބު ވެފައެއް ނުވެ އެވެ.

މި ނާކާމިޔާބީއާއެކު މުސްތަގްބަލުގައި ހޮލީވުޑް ދޫކޮށް އިންސާނީ އެހީގެ ކަންކަމަށް އެންޖެލީނާގެ ގިނަ ވަގުތު ހުސްކުރާނެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.