އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް، ދައުލަތުގެ ބައެއް އިސްވެރިންގެ މުސާރަތައް ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ހާމަކުރައްވައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އެ ގޮތުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރަ 12،000 ރުފިޔާއަށްވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތެއް އަންގަވައި ދެއްވުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަންވެސް ރައީސް ވަނީ ހުށަހަޅުއްވާފަ އެވެ.
މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ އިސްވެރިންގެ މުސާރަ ކުޑަކުރައްވަން ނިންމަވާ މިދިޔަ އަހަރުގެ އޮކްޓޫބަރު 23 ގައި އިއުލާން ކުރައްވާފަ އެވެ.
އެކަން އިއުލާން ކުރައްވާ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ މުވައްޒަފުންގެ މުސާރަ ޖެނުއަރީ މަހުން ފެށިގެން %10 ޕަސެންޓް އުނިކުރައްވަން ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސްގެ މުސާރައިގެ %50 ނުނަންގަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އީރާނުގެ ސަލާމަތާ ބެހޭ ވެރިޔާ އަވަހާރަކޮށްލައިފި
ކަސްޓަމާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދަ މަހުގެ ތަފާތު ސަގާފަތްތައް!
މި މަހުން ފެށިގެން ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަވާނެ