ރާއްޖެ ޓީވީން ސަރުކާރާ ދެކޮޅު ލަވައެއް ދެއްކި މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އެ ލަވަ ދެއްކި މައްސަލަ ބަލަމުން އަންނާތީ އެ ލަވައިގެ ބްރޯޑްކާސްޓިން ކޮންޓެންޓް ރައްކާތެރިކޮށް ބެހެއްޓުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ވަނީ ރާއްޖެ ޓީވީއަށް އަންގާފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުން އަންނަނީ އެމްޑީޕީން ބޭއްވި "ފުދިއްޖެ، ފުނޑިއްޖެ" ހިނގާލުމުގެ ކަވަރޭޖުގެ ތެރެއިން ރާއްޖެ ޓީވީން ވަނީ ލަވައެއް ގެނެސްދިން މައްސަލައެވެ. ސަރުކާރުގެ އެކި ކަންކަމަށް ފާޑުކިޔާފައިވާ އެ ލަވައިގެ ޅެން ހަދާފައި ވަނީ ރާއްޖެ ޓީވީގެ އިސް ބޭފުޅެއް ކަމަށްވާ އާމިރު ސަލީމެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެ ޓީވީން ވަކިއެއްޗެއް އަދި ނުބުނެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީގެ މައްސަލައެއް ބަލަން ފަށާއި މިވަނީ އެ ކޮމިޝަނުގެ މެމްބަރުކަމަށް ޕީއެންސީގެ އެކްޓިވިސްޓު އަދި ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އިތުރު ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރި ފަހުންނެވެ.
މެދުކެނޑުމަކަށްފަހު ސަލްމާން "ބިގްބޮސް"އަށް!
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ
ހަނގުރާމަ ހުއްޓާލުމުން ނަތަންޔާހޫ އާއި ޓްރަމްޕްގެ ގުޅުން ގޯސްވަނީ
