މިއީ މާބޮޑަށް އަޅާލަންޖެހޭ ގަހެއް ނޫން. ނަމަވެސް މިގަހަށް މަދުން އަވި ލިބޭދިމާލެއްގައި ބެހެއްޓުން ވަރަށް މުހިންމު. ލަކީ ބެންބޫއޭ ކީނަމަވެސް މިއީ ބެންބޫ ފެމެލީއަށް ނިސްބަތްވާ ގަހެެއް ނޫން. ގަހަށް ދޭ ފެނަކީ ކްލޮރިންގެ އަސަރުހުރި ފެނަކަށް ވެގެން ނުވާނެ. ގަހުގައި ކޫޑި އަޅައިފިނަމަ ސައިބޯނިފެން ޖެހުމުން ކޫޑިފިލުވައިލޭނެ.

ލަކީ ބެމްބޫއަކީ މާބޮޑަށް އަޅާލަން ނުޖެހޭ، ގޭތެރޭގައި ހައްދާލެވޭނެ އަދި ބަލަހައްޓަން ފަސޭހަ އެހާ ރީތި ގަހެކެވެ. މިގަސް އާންމުކޮށް ހެދެނީ އަވި މަދުން ލިބޭ ހިސާބުތަކުގައި އެވެ. އެއްވެސް ގޮތަކަށް އަވި ނުދޭނަމަ، ބޭރުގައި ވެސް ބެހެެއްޓިދާނެ އެވެ. އަދި އޮފީސް ތެރޭގައި ވެސް ރީތިކޮށް ހެއްދޭނެ އެވެ. ހަމައެކަނި ފެނުގައި ހައްދާ ގަހެއް ނަމަ، ގަހުގެ އުމުރަކީ އެންމެ އަހަރެއް ނުވަތަ ދެ އަހަރެވެ.

ލަކީ ބެމްބޫ: ގޭތެރޭގައި ހައްދާލަން ހިތްގައިމު ގަހެއް

މިގަސް އާދައިގެ ބެމްބޫ ގަހެއް ހެން އަވަހަށް ހެދުނަސް މިއީ ބެންބޫ އާއިލާގެ ގަހެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ޑްރެކީނާ އާއިލާއަށް ނިސްބަތްވާ ގަހެކެވެ.

މި ގަހަށް ފެންދޭއިރު އެ ފެނުގައި ކްލޮރިން އެކުލެވިގެންވާނަމަ ގަހުގެ ފަތްތަކަށް މުށިކުލަ އަރާނެ އެވެ. މިހެންވެއްޖެ ނަމަ، ކަތުރަކުން އެ ފަތްތައް ރީކޮށް ގަހާ ވަކިކޮށްލާށެވެ. ނޫންނަމަ ފެންގަނޑު ގެތެރެއަށް ފަތް ވެއްޓި ފެންގަނޑު ކުނިވާނެ އެވެ. މީގެ އިތުރުން ކޫޑި އެޅުމަކީ ވެސް ވަރަށް އާންމު ކަމެކެވެ. ކޫޑިން ސަލާމަތްވުމަށް ސައިބޯނި ފެން ޖަހައިގެން ސާފުކޮށްލާށެވެ.

ލަކީ ބެމްބޫ: ކްލޮރިންގެ އަސަރު ނުހުންނަ ފެނުގައި ހެއްދުން މުހިންމު

ލަކީ ބެމްބޫގައި ކުރި ފެޅުވުމަށްޓަކައި މައި ތަނޑުން ނިކުމެފައިވާ ތަނޑިއެއް ފަތަކާ އެކީ ވަކިކޮށްލާށެވެ. ދެން އެ ތަނޑީގައިވާ ފަތް ނައްޓާލާށެވެ. އެއަށްފަހު އެތަނޑު ފެނުގެ ތެރެއަށް ލާށެވެ. މީގެ ކުރިން އާމުލެއް ނިކުތުމަށް 30 ވަރަކަށް ދުވަސް ނަގާނެ އެވެ. މޫލުމުން ރީތި މުށިގަނޑަކަށް މިކުރި ބަދަލުކޮށްލާށެވެ. ބޭނުމިއްޔާ ކުދި ހިލަ ވެސް ފެންގަނޑު ތެރެއަށް އެޅިދާނެ އެވެ. ނޫނީ ވެލިކޮޅެއްގައި ވެސް އެކުރި އިންދިދާނެ އެވެ.