އިންސާނުންނަށް ނުވާތީ އެތްތަކަކަށް މިނިވަން ކަމުގެ ހައްގު ހޯދަން މަސައްކަތް ނުކުރެވޭނެ ކަމަށް ކޯޓަކުން ނިންމައިފި އެވެ.

އެމެރިކާގެ ކޯޓަކުން މި ނިންމުން ނިންމާފައިވަނީ ކޮލޮރާޑޯ ސްޓޭޓްގެ ޖަނަވާރު ޕާކެއްގައި އުޅޭ ފަސް އެތެއް މިނިވަން ކުރުމަށް ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ހުށައެޅި މައްސަލައެއްގެ ހުކުމުގަ އެވެ.

އެ މައްސަލަ ހުށައަޅަމުން އެ ޖަމިއްޔާއިން ބުނެފައިވަނީ ޖަންގައްޔަށް އުފަން އެތްތަކެއް ޕާކަށް ގެނެސް ގައިދު ކޮށްގެން ގެންގުޅުމުން އެ އެތްތަކުގެ ސިކުނޑިއަށް ގެއްލުންވެފައިވާ ކަމަށެވެ.

"އެތް ފަދަ އިޖުތިމާއީ ގުޅުންތައް ބަދަހި ޖަނަވާރުން ޕާކެއްގައި ގެންގުޅުމަކީ ޖަލެއްގައި ބަންދު ކުރުން ފަދަ ކަމެއް" އެ މައްސަލާގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް މި މައްސަލަ ބެލި ޝަރީއަތުގެ ފަނޑިޔާރުން ނިންމާފައިވަނީ އިންސާނުންނަށް ނުވާތީ އެ ފަސް އެތަށް މިނިވަންކަން ހޯދައިދޭން މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

މި މައްސަލައާ ބެހޭގޮތުން އެ އެތްތައް ގެންގުޅޭ ޕާކުން ބުނީ މައްސަލައާމެދު ހިތާމަކުރާ ކަމަށާއި އެ ޕާކުގައި އެތްތައް ގެންގުޅެނީ ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ކަމަށެވެ.

އިންސާނުންގެ މުނިފޫހި ފިލުވުމަށް ވަލު ޖަނަވާރުން ގައިދުކޮށް އެޖަނަވާރުންގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ މުޅި ދުނިޔޭގައިވެސް އާއްމުވެފައިވާ ކަމެކެވެ.